ކ. މާލެ
|
3 އޭޕްރިލް 2024 | ބުދަ 13:53
އިންޑިޔާގެ ކޯޗު ސްޓިމަކް އާއި ކެޕްޓަން ޗެތްރީ
އިންޑިޔާގެ ކޯޗު ސްޓިމަކް އާއި ކެޕްޓަން ޗެތްރީ
ގޫގުލް
ވޯލްޑްކަޕް ކޮލިފައިން
އިންޑިޔާގެ ނަތީޖާ ދަށްވި ސަބަބު ބަލައި ކޯޗާ މެދު ގޮތެއް ނިންމަނީ
 
އެންމެ ބޮޑު މައްސަލައަކީ އަގްފާނިސްތާން އަތުން ބަލިވުން

ވޯލްޑްކަޕް ކޮލިފައިންގައި އިންޑިޔާގެ ނަތީޖާތައް ދަށްވުމުން އެކަމުގެ ސަބަބުތައް ބެލުމަށް އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުން ފަސް މެމްބަރުންގެ ކޮމިޓީއަކާ ހަވާލުކޮށްފި އެވެ.

މި ކޮމިޓީ ހަދަން ޖެހުނު މައިގަނޑު ސަބަބަކީ އަފްގާނިސްތާން އަތުން ބަލިވެ، އިންޑިޔާ އަށް ކޮލިފައިންގެ ދެ ވަނަ ބުރަށް ދެވުމާމެދު ޝައްކު އުފެދުމުންނެވެ. އަފްގާނިސްތާން އަތުންވި ބައްޔަކީ އިންޑިޔާގެ ފުޓްބޯޅައިގެ ތާރީހުގައި އަމިއްލަ ދަނޑުގައިވި ދެ ވަނަ ބައްޔެވެ. މީގެ ކުރިން ބަލިވީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގަ އެވެ. މިކަމާ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް ގައުމީ ޓީމަށާއި ހާއްސަކޮށް ކޯޗު ޑިއެގޯ ސްޓިމަކަށް ފާޑުކިޔަން ފަށާފަ އެވެ.

ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިން ކޯޗަކީ މިހާރު ޓީމުގެ ނަތީޖާތައް ދަށްވެގެން އުޅޭ ސަބަބެވެ.

ގައުމީ ޓީމުގެ ޕާފޯމަންސް އެސެސްކުރަން ނެގި ފަސް މެމްބަރުންގެ ކޮމިޓީގައި އިންޑިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސާއި އެކު ހިމެނެނީ ވައިސް ޕްރެޒިޑެންޓް އެންއޭ ހާރިސް އާއި ޓެކްނިކަލް ކޮމިޓީގެ ޗެއާމަން އަދި ކުއުމީ ޓީމުގެ ކުރީގެ ފޯވަޑް އައިއެމް ވިޖެއަން އާއި ފައިނޭންސް ކޮމިޓީގެ ޗެއާމަން މެންލާ އީތެންޕާ އާއި ކޮމްޕެޓިޝަން ކޮމިޓީގެ ޗެއާމަން އަނިލް ކުމާރު ޕްރަބާކަރަން އާއި ޓެކްނިކަލް ކޮމިޓީ އާއި އެގްޒެކެޓިވް ކޮމިޓީގެ މެމްބަރު އަދި ކުރީގެ މިޑްފީލްޑަރު ކްލައިމެކްސް ލޯރަންސް އެވެ.

ގައުމީ ކޯޗު ސްޓިމަކްގެ ކުރިމަގާމެދު ވެސް މި ކޮމިޓީން ގޮތެއް ނިންމާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
0%
0%
0%
ކޮމެންޓް