Advertisement
ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 07:00
ރައީސްގެ ދެކަނބަލުން ކެންސަރު ސޮސައިޓީގެ ފަންޑު ރެއިޒިން ހަފްލާގައި
ރައީސްގެ ދެކަނބަލުން ކެންސަރު ސޮސައިޓީގެ ފަންޑު ރެއިޒިން ހަފްލާގައި
ރައީސް އޮފީސް
ކެންސަރު ސޮސައިޓީއަށް 10 އަހަރު ފުރުން
ކެންސަރު ސޮސައިޓީއަށް 10 އަހަރު ފުރުމުގެ ގޮތުން ބޭއްވި ފަންޑު ރެއިޒިން ހަފްލާގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މިއީ ކެންސަރު ސޮސައިޓީން ކޮންމެ އަހަރަކު ބާއްވާ ހަފްލާއެއް
މި ހަފްލާގައި ލިބޭ ފައިސާ ހަރަދު ކުރަނީ ކެންސަރަށް ހޭލުންތެރިކުރުމާއި ކެންސަރާ ގުޅުން ހުރި ކަންކަމަށް

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑު ރެއިޒިންގ ހަފްލާގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އައުޓްސްޓޭންޑިން ކޮންޓްރިބިއުޝަން އެވޯޑްސް" 3 ބޭފުޅަކަށް ދެއްވާފައެވެ. އަދި ފަސްޓް ލޭޑީ ފަޒްނާ ވެސް ވަނީ މި އެވޯޑް އިތުރު 3 ފަރާތަކަށް ދެއްވާފައެވެ.

މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ "އެވެއާނަސް ކެމްޕެއިން" އިފްތިތާހުކޮށްދެއްވައި، ޙަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް" ގެ ނަމުގައި ހިންގި ޙަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

Advertisement

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ހަފްލާއަކީ ކޮންމެ އަހަރަކު ވެސް އެ ޖަމިއްޔާއިން ބާއްވަމުން އަންނަ ފަންޑްރެއިޒިން ގާލާ ޑިނަރ އެކެވެ. މި ހަފްލާގައި އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސަރު ސްކްރީނިން ހެދުމަށާއި، ކުރިޔާލާ ކެންސަރު ބަލި ދެނެގަނެވޭނެ އަލާމާތްތަކާ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިން އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށެވެ.

ކެންސަރު ސޮސައިޓީ އޮފް މޯލްޑިވްސްގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާއި ހިއްސާކުރުމާއި، މުޖުތަމައުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަހައްމަލު ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މައުލޫމާތާއި ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ.

މީގެ އިތުރުން ކެންސަރު ބަލީގެ ދިރާސާތައް ހެދުމާއި ބަލީގެ ރެޖިސްޓާޑް ޑޭޓާ ބޭސްއެއް ރާއްޖޭގައި އުފެއްދުމަކީ ވެސް ކެންސަރު ސޮސައިޓީއިން ހާއްސަ އިސްކަމެއް ދޭ ކަންކަމެވެ.

Advertisement

Advertisement
- ކޮމެންޓް