ކ. މާލެ
|
4 އޮކްޓޯބަރ 2022 | އަންގާރަ 05:30
ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އައިސިސްގެ ހަނގުރާމަވެރިންތަކެއް
ޓެރަރިސްޓު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ އައިސިސްގެ ހަނގުރާމަވެރިންތަކެއް
އަލްޖަޒީރާ
ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު
ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އަނެއްކާވެސް އާއްމުކޮށްފި
19 ޖަމާއަތެއް ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފައި

ޓެރަރިސްޓު ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓު އަނެއްކާވެސް އާއްމުކޮށްފިއެވެ.

ގައުމީ ސަލާމަތީ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅަންޖެހޭ ލިސްޓުގައި މިފަހަރު ވެސް ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައި އޮތީ ސީރިޔާ އެކަންޏެވެ. ޓެރަރިސްޓު ޖަމާއަތްތަކުގެ ގޮތުގައި އޮތީ ކުރިން ވެސް އޮތް 19 ޖަމާއަތެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓު ޖަމާއަތްތައް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮންމެ 12 މަހަކުން މުރާޖައާ ކުރަންޖެހެއެވެ.

ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓު

  1. އިސްލާމިކް ސްޓޭޓް (އައިސިލް/އައިއެސްއައިއެސް/އައިސިސް)
  2. އަލް ގައިދާ
  3. ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  4. ލަޝްކަރޭ ތައިބާ
  5. އަލް ގައިދާ އިން ދި އެރަބިއަން ޕެނިންސިއުލާ
  6. އަލް ގައިދާ އިން ދި އިސްލާމިކް މަގްރިބް
  7. އަބޫ ސައްޔާފް ގްރޫޕް
  8. ބޮކޮ ހަރަމް/ ބޯކޯ ހަރަމް
  9. އަލް ޝަބާބް
  10. އަލް ގައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  12. ހަރަކާތުލް ޖިހާދު އަލް އިސްލާމީ
  13. ޖައިޝޭ މުހައްމަދު
  14. އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ލާވަންޓް – ހުރާސަން ޕްރޮވިންސް (ވިލާޔާ ހުރާސަން)
  15. ނޭޝަނަލް ތައުހީދް ޖަމާއަތް
  16. ޖަމާއަތު މިއްލަތޭ އިބްރާހީމް
  17. ވިލާޔަތް އަލް ސޭލާނީ
  18. ހައިއަތު ތަހްރީރު އަލް ޝާމް
  19. ހުއްރާސް އައް ދީން

ޓެރަރިސްޓު ޖަމާއަތްތައް ކަމަށް ބެލެވޭ ޖަމާއަތްތަކުގެ ލިސްޓެއް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަން ޖެހޭ ގޮތަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު އިސްލާހުކޮށް ގެޒެޓްކުރީ މާޗް 21، 2016 ގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓެއް އާންމުކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އާންމުކުރައްވާ ލިސްޓު ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދާ އެކު ބަލަހައްޓަނީ ދިވެހި ސިފައިންނެވެ.

- ކޮމެންޓް