ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 21:42
ފަތުރުވެރިކަމުގެ ރަން އަހަރު: ގާލާ ނައިޓް
ފަތުރުވެރިކަމުގެ ރަން އަހަރު: ގާލާ ނައިޓް
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ރަން އަހަރު
މި ފެންނަނީ ފަތުރުވެރިކަމަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމުގެ ހެކި: ރައީސް
ސިނާއަތްތައް ތަރައްގީކުރުމަށް ޕްރައިވެޓް ސެކްޓަރާ އޮންނަންޖެހޭ ގުޅުމަކީ ފާހަގަކޮށްލެވޭ ގުޅުމެއް
ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައަޅައި، ދާއިރާއަށް އެހީވުން
މި ގައުމަށް ބޭނުންވަނީ ހިތްވަރު ހުރި، ކެރޭ ޒުވާނުން

ޕްްރައިވެޓް ސެކްޓަރުން ތަރައްގީކުރާ ސިނާއަތްތަކަށް ސަރުކާރުން ނުވަދެ, އަދި ނުފޫޒު ނުފޯރުވުމުން ނުކުންނަ ހެޔޮ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުމުގެގޮތުން ކުރުނބާ މޯލްޑިވްސްގައި މިހާރު ކުރިއަށްދާ ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ގައުމީ ތަރައްގީއާ ގުޅިފައިވާ ސިނާއަތްތައް ތަރައްގީކުރުމުގައި ސަރުކާރާއި ޕްރައިވެޓް ސެކްޓަރާ ދެމެދުގައި އޮންނަންޖެހޭ ގުޅުމަކީ ފާހަގަކޮށްލެވޭ ގުޅުމެއްކަމަށެވެ. ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ސިނާއަތަކަށް ދިވެހި ފަތުރުވެރިކަން ވެގެން ދިޔައީ، ފުރިހަމަ މިނިވަންކަމާއެކު އެކަން ކުރުމުގެ އިޚްތިޔާރު ޕްރައިވެޓް ސެކްޓަރަށް ދޫކޮށްލާފައި އޮތުމުންކަމަށެވެ. އަދި ސަރުކާރުގެ ދައުރަކީ ގައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމާއި، ގާނޫނީ އޮނިގަނޑުގެތެރެއިން އެކަން ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުންކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ބަޔަކު ދުވަހަކު ޚިޔާލަށްވެސް ނުގެންނަ، އަދި އެއްގޮތަކަށް މިރާއްޖޭގައި ނެތް ކަމެއްވެސް، އަޅުގަނޑުމެންގެ ތެރޭގައި ތަރައްގީކޮށް ކާމިޔާބު މަސައްކަތަކަށް ހެދިދާނެކަމީ މިއަދު ލިބޭ ފިލާވަޅެއްކަމަށެވެ.

ބޭނުންވަނީ ނަސީމުގެ އެ ހިތްވަރާ ކެރުންހުރި ދިވެހި ޒުވާނުން. އެމް.ޔޫ މަނިކުގެ ދެ ގޮތެއް ނުވާ އަޒުމާ ސާބިތުކަން ހުރި ދިވެހި ދަރިން. ގޮންޖެހުންތަކާ ކުރިމަތިލާ ކާމިޔާބު ހޯދުމުގައި، ޢަފީފުގެ އެ ހުރި ފަންވަރާއި ބުންވަރު ހުރި ދިވެހި ޒުވާނުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސްގެ ވާހަކަފުޅުގައި ވަނީ، މި ސިނާއަތް އިތުރަށް ތަރައްގީކޮށްދެއްވައި މިހާތަނަށް އައިއިރު މި ސިނާއަތަށް އެކި ގޮތްގޮތުން ޚިދުމަތްކޮށްދެއްވާފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

- ކޮމެންޓް