Advertisement
ކ. މާލެ
|
3 އޮކްޓޯބަރ 2022 | ހޯމަ 18:14
މުހައްމަދު ޒާހިރު
މުހައްމަދު ޒާހިރު
ރާއްޖެއެމްވީ
އަމީނީ މަގުގައި ހުރި ގަސްތައް
އަމީނީ މަގުގައި ހުރި ގަސްތައް ރީލޮކޭޓްކުރާކަށް ނުފެނޭ: މުހައްމަދު ޒާހިރު
ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް މައްސަލަ އެއް ވެސް ހުށަހެޅުއްވި
މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަނީ ބުނެފަ

އަމީނީ މަގުގައި ހުރި ގަސްތައް ރީލޮކޭޓްކުރަން ފެނިވަޑައިނުގަންނަވާ ކަމަށް އެންވައިރަމެންޓް މިނިސްޓްރީގެ ޑިރެކްޓަރ މުހައްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

ތިމާވެށީގެ މާހިރެއް ކަމަށްވާ ޒާހިރު ވިދާޅުވީ މަގުތަކުގައި ގަސް އިންދުމުގެ ބޭނުމަކީ އިމާރާތްތަކުގެ ކުލަތަކާއި އަލީގެ ސަބަބުން ދުއްވާ އެއްޗިއްސަށް ވާ އުނދަނގޫ ކުޑަކުރުން ކަމަށެވެ. އެހެންނަމަވެސް އެކަން އާއްމުކޮށް ފެންނަނީ ރާއްޖެއިން ބޭރުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

ބޭރު ގައުމުތަކުގައި ގަސް އިންދަނީ ބޮޑެތި ހައިވޭތަކުގައި ކަަމަށާއި މާލޭގައި ގަސް އިންދާ ވަރަށް ޖާގަ ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގައި ގަސް އިންދާފައި ވަނީ އެކަށީގެންވާ ޕްލޭނަކާއި ނުލާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމުގެ ސަބަބުން މަގުތަކުގައި ހުރި ގަސްތަކުގެ މޫ ފެތުރި މަގުގައި އަޅާފައިވާ ހޮޅިތައް ހަލާކުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ބަޔަކު މިބުނަނީ ގަސްތައް ކަނޑާލީމަ ހޫނުވާނެއޭ. ކަރަންޓްބިލް ބޮޑުވާނެއޭ. ހަގީގަތުގައި ގަސްތައް އިންދަނީ މަގުން ދާ މީހާ ވާރޭ ވެހުނަސް ހިޔަލެއް ލިބުން. އަނެއް ބޭނުމަކީ ރިފްލެކްޝަން އިން ސަލާމަތްކޮށްދީ ލޮލަށް ފިނިކަން ގެނެސްދިނުން. އަޅުގަނޑުމެންގެ އުސޫލު ހުންނަނީ އެހެނެއް ނޫން.
މުހައްމަދު ޒާހިރު

އަމީނީ މަގު ތަރައްގީކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން, އެ މަގުން ނަގާ ގަސްތަކުގެ ބަދަލުގައި އިތުރު ގަސްތައް އިންދާނެކަމަށް، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ވަނީ ބުނެފައެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މާލެ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓުގެ ދަށުން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތްކުރަން ރާވާފައިވަނީ އެ މަގުގައި ހުރި އެއްވެސް ގަހަކަށް ގެއްލުންނުވާނެހެން ތިމާވެއްޓާ ރައްޓެހިގޮތަކަށް ކަމަށެވެ. ނަމަވެސް މާލޭގެ މަގުތަކަކީ ފެނާއި ނަރުދަމާގެ އިތުރުން އެތައް ބައިވަރު ނެޓްވޯރކްތަކެއް ވަޅުލާފައިވާ މަގުތަކެއް ކަމަށްވާއިރު، މި މަސައްކަތް ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިވާކަމަށް އެ ކުންފުނިން ބުނެއެވެ.

އަމީނީ މަގުގައި ހުރި ގަސްތައް ކަނޑާތީ އެކަން ހުއްޓުވުމުގެ އަމުރަކަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކޯޓަށް މައްސަލަ އެއް ވެސް ވަނީ ހުށަހަޅުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް