ކ. މާލެ
|
1 އޮކްޓޯބަރ 2022 | ހޮނިހިރު 22:15
ފްރީޑައިވް ހަރަކާތް ނިންމާލުން
ފްރީޑައިވް ހަރަކާތް ނިންމާލުން
ރައީސް އޮފީސް
ފްރީޑައިވް ހަރަކާތް
ފްރީ ޑައިވް ހަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފި
މި ހަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއްވަގުތެއްގައި ކުރިއަށް ގެންގޮސްފައިވޭ

ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.

"ނޭވާ 2"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ކުރިއަށްގެންދިޔަ ޙަރަކާތުގައި ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު "ފްރީޑައިވް މޯލްޑިވްސް"އިން އިންތިޒާމުކުރި "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ. 

މި ހަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއްވަގުތެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރިކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނިޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ.

2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ޙަރަކާތުގައި ރާއްޖެއިންވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ގޮތުގައި ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ރާއްޖޭގައި ފާހަގަކުރާ ފުރަތަމަ "ޤައުމީ ފަތުރުވެރިކަމުގެ ދުވަސް" ފާހަގަކުރުމަށް ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

- ކޮމެންޓް