Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2022 | ބުދަ 15:40
ރައީސް ހއ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް ހއ އަތޮޅު ކައުންސިލް މެންބަރުންނާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ރައީސް ހއ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން
ރައީސް ހއ އަތޮޅު ކައުންސިލާ ބައްދަލުކުރެއްވުން: އަތޮޅުގެ ތަރައްގީއަށް ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރެއްވި
ރަށްރަށުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަން ފާހަގަކުރެއްވި
ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، ކައުންސިލްތަކުގެ އިޚްތިޞާޞުގެ ތެރޭގައި ފަޅުރަށްރަށާއި ފަރުތައް ނެތް ރަށްރަށަށް އާމްދަނީ ލިބުމުގައި ހުރި ދަތިތައް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި، އަތޮޅުގެ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކާއި އަތޮޅުތަކުގެ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ކަންމާ ގުޅޭގޮތުން ކައުންސިލް މެންބަރުންނާ ޚިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ ބުދަ ދުވަހުގެ ހެނދުނު ހއ ދިއްދޫގައި ހުންނަ އަތޮޅުގޭގައެވެ. މިބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ހއ. އަތޮޅުގެ ރަށްރަށުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ނިމިފައިވާކަމަށާއި، އަދި، ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް ހިންގަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. 

ހއ އަތޮޅު ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި; ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި، ކައުންސިލްތަކުގެ އިޚްތިޞާޞުގެ ތެރޭގައި ފަޅުރަށްރަށާއި ފަރުތައް ނެތް ރަށްރަށަށް އާމްދަނީ ލިބުމުގައި ހުރި ދަތިތަކާއި، ހއ. އިހަވަންދޫ ބަނދަރުގައި ހުރި މައްސަލަތައް ހައްލުކުރުމާއި، ހއ އަތޮޅު ހޮސްޕިޓަލުގައި ދޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކުރުމަށާއި، އަދި ޚިދުމަތްތައް މެދުކެނޑޭ މައްސަލަ ހިމެނެއެވެ.

މީގެ އިތުރުން ދިއްދޫގައި މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ދިނުމަށް ތިބި މުވައްޒަފުން މަދުވުމަކީ އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމުގައި ދިމާވާ ދަތިކަމެއްކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. މިބައްދަލުކުރެއްވުމުގައިރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ތިލަދުންމައްޗަށް އެމަނިކުފާނު ކުރެއްވި މިދަތުރުފުޅުގައި އަތޮޅުގެ ރަށްރަށުން ދެންނެވި ހޫނު މަރުހަބާއާއި އެރުވި މެހެމާންދާރީއަށްޓަކައި ވަނީ ޝުކުރު އަދާކުރައްވާފައެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭ އިފްތިތާހުކުރެވުނު އާރްޓީއެލްގެ ޚިދުމަތަކީ އަތޮޅުގެ ތަރައްގީއަށް ވަރަށް މުހިއްމު ޚިދުމަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކަށް ހުރި މާލީ ދަތިތަކާއި ކައުންސިލްތަކުގެ އިޚްތިސާސާ ގުޅޭ މައްސަލަތައް، އެންމެ ފަހުން ބޭއްވުނު ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ވެސް ފާހަގަކުރެވި އެކަމާމެދު މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

އަދި، އެކަމާގުޅޭ މަސައްކަތްތައް މިހާރު ކުރެވެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ހޮސްޕިޓަލްތަކުގެ ޚިދުމަތްތައް މެދުކެނޑުނަނުދިނުމަށާއި، ސިއްހީ ޚިދުމަތްތައް ވެސް އިތުރަށް ތަރައްގީކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށެވެ. 

މިސަރުކާރުން، ހއ އަތޮޅުގައި 199 މަޝްރޫއެއް ކުރިއަށްގެންދާއިރު، އޭގެ ތެރެއިން 73 މަޝްރޫއެއްގެ މަސައްކަތް މިހާރު ވަނީ މުޅިން ނިމިފައެވެ. މީގެ އިތުރުންވެސް ހއ އަތޮޅުގެ ތަރައްގީއަށް ހިންގޭ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ބީލަން މަރުހަލާގައާއި ޕްލޭނިންގ މަރުހަލާގައި މިހާރު ދަނީ ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް