ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 18:42
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ
އޭޕީ
ލަންކާ-ސިންގަޕޯރ ފްރީ ޓްރޭޑް އެއްބަސްވުން
ލަންކާއިން ސިންގަޕޫރާއެކު ފްރީ ޓްރޭޑް އެއްބަސްވުން އަލުން އިޔާދަކުރަން މަސައްކަތްކުރަނީ
ލަންކާ އާއި ސިންގަޕޫރާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު
ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިކްރަމަސިންގހަ ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައި
މި މަޝްވަރާތައް ރައީސް ވިކްރަމަސިންގހަ ފައްޓަވާފައިވާކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައި

ސްރީލަންކާއިން ސިންގަޕޫރާއެކު ފްރީ ޓްރޭޑް އެއްބަސްވުން އިޔަދާކުރުމުގެ މަސައްކަތްކުރަންފަށާފައިވާ ކަމަށް ބޭރުގެ މީޑައާތަކުން ރިޕޯޓުކޮށްފިއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ ވަނީ ދެގައުމުގެ ދެމެދުގައި ފަށަން މަސައްކަތްކޮށް އެހެން ނަމަވެސް ހުއްޓިފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ މަސައްކަތް އަލުން ކުރެއްވުމަށް ސިންގަޕޫރުގެ ބޮޑުވަޒީރު ލީ ސިއެންއާއެކު މަޝްވަރާތައް ފައްޓަވާފައެވެ. މި މަޝްވަރާތައް ރައީސް ވިކްރަމަސިންގހަ ފައްޓަވާފައިވާކަމަށް ރައީސް އޮފީހުންވެސް ވަނީ ބުނެފައެވެ.

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވިކްރަމަސިންގހަ ވަނީ ސިންގަޕޫރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ.

ލަންކާ އާއި ސިންގަޕޫރާ ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ. އެހެންނަމަވެސް އެއްބަސްވުމުގެ ކަންކަން ހުއްޓުމަކަށް އައިސްފައި ވަނީ އިދިކޮޅު ބައެއް ފަރާތްތަކާއި ބައެއް ވުޒާރާތަކުން އެއްބަސްވުމާ ދެކޮޅު ހެދުމުންނެވެ.

މިދިޔަ އަހަރުގެ މެއި މަހު ލަންކާއިން މި އެއްބަސްވުމަށް ގިނަ އިސްލާހުުތަކެއް ހުށަހެޅި ނަމަވެސް އަދިވެސް މަޝްވަރާތައް ވަނީ މަޑުޖެހުމެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް