Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 15:08
ޝިންޒޯ އަބޭގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ނިސްޓަރ އޮފް ފޮރިން އެފެއާޒް ބައިވެރިވެވަޑައިގަތުން
ޝިންޒޯ އަބޭގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ނިސްޓަރ އޮފް ފޮރިން އެފެއާޒް ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ޝިންޒޯ އަބޭގެ ޖަނާޒާ
ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ބައިވެރިވެވަޑައިގެންފި
އަންގާރަ ދުަވަހުގެ ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދު ބައިވެރިވެވަޑައިގެންފިއެވެ.

ޢަންގާރަ ދުަވަހުގެ ހެނދުނު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވި މި ޖަނާޒާގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ޚަލީލާއި ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޙަސަން ޞާބިރު ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަނާޒާގައި ޤައުމުތަކުގެ ލީޑަރުންނާއި އެކި ޤައުމުތަކުގެ ޢިއްޒަތްތެރިންވެސް ގިނަ ޢަދަދަކަށް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝިންޒޯ އަބޭ އަވަހާރަވީ، 2022 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި ޝިންޒޯ އަބޭއަށް އަމާޒުކޮށް މީހަކުދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ސަބަބުންނެވެ.

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން އެ ގައުމުގެ ފުލުހުންގެ ވެރިޔާ އިސްތިއުފާ ދޭން ވަނީ ނިންމަވާފައެވެ.

Advertisement

ގައުމީ ފުލުހުންގެ އެޖެންސީގެ ވެރިޔާ އިތަރޫ ނަކަމުރާ ވިދާޅުވީ ޖުލައި އަށް ވަނަ ދުވަހު ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ފުރިހަމަ ޒިންމާ ނަންގަވާނެ ކަމަށެވެ. މިމައްސަލައިގައި ކުރިޔަށްގެންދިޔަ ތަހުގީގުން ހާމަވި ގޮތުގައި އެ ދުވަހު އަބޭއަށް ފުލުހުންގެ ރަައްކާތެރިކަން ފޯރުކޮށްދިން ގޮތުގައި ބޮޑެތި މައްސަލަތަކެއް ހުއްޓެވެ.

އަބޭ އަވަހާރަކޮށްލާފައިވަނީ ދެކުނުގެ ސިޓީ އެއްކަމަށްވާ ނާރާގައި ބޭއްވުނު ކެމްޕެއިން ހަރަކާތަކަށް ވަޑައިގެން ހުންނަވަނިކޮށް ޖުލައި 8 ވަނަ ދުވަހުއެވެ.

ހާދިސާ ތަހުގީގުކުރަމުންދާ ފުލުހުން ބުނެފައިވާގޮތުގައި އަބޭއަށް ހަމަލާ ދިން އުމުރުން 41 އަހަރުގެ ޓެސޫޔާ ޔަމަގަމި، އަބޭ އަވަހާރަކޮށްލީ އަބޭ އާއިމެދު އޮތް ހިތްހަމަ ނުޖެހުމެއްގެ ސަބަބުންކަމަށް ވަނީ ބުނެފައެވެ. އަދި ބަޑިޖެހުމަށްފަހު އޭނާ ފިލަން މަސައްކަތްކޮށްފައި ނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ހަމަލާދިނުމަށް ޔަމަގަމި ބޭނުންކޮށްފައިވަނީ އޭނާ އަމިއްލަޔަށް ހަދާފައިވާ ބަޑިއެއް ކަމަށް ވެއެވެ. ތަހްގީގުގެތެރޭން އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބަލާފާސް ކުރި އިރު ގޮވާތަކެތިވެސް ފެނިފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް