ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދު ފުރާވަޑައިގެންފައިވާކަން ހާމަކޮށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މިއީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ފޯރަމްގައި ލަންކާ މިޝަންގެ ބޭބޭފުޅުން ވެސް ބައިވެރިވެވަޑައިގަންވާނެއެވެ.
ލަންކާގެ އިގްތިސާދީ ހާލަތު އިންތިހާއަށް ދަށްވެފައިވާ މި ދަނޑިވަޅުގައި އެގައުމަށް ބޭރުގެ މާލީ އެހީ ހޯދައިދިނުމަށް މެދުވެރިއެއްގެ ދައުރު އަދާކޮށްދެއްވުމަށް ހަމަޖައްސަވާފައިވަނީ ރައީސް މުހައްމަދު ނަޝީދެވެ. އެގޮތުން މި ފޯރަމްގެ ތެރެއިން ވެސް މި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެއެވެ.