ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 23:47
ބަނގުރާ ނައްތާލުން
ބަނގުރާ ނައްތާލުން
ޕޮލިސް މީޑިޔާ
ބަނގުރާ ނައްތާލުން
ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
މިއީ 2020 ވަނަ އަހަރުން ފެށިގެން އެކި މައްސަލަތަކުގައި އަތުލައިގަނެފައިވާ ބަނގުރާ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މިއީ 2020 ވަނަ އަހަރުން ފެށިގެން މިހާތަނަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ޑްރަގް އެންފޯސްމަންޓުގެ ބެލުމުގެ ދަށުގައި ހުރި އެވިޑެންސްތަކުގެ ތެރެއިން ނިމިފައިހުރި މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، މި މުއްދަތުގައި ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށަށް، ތުުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެންދެވިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލެވެ.

Advertisement

އެގޮތުން ނައްތާލާފައިވަނީ 482 ބްރޭންޑެޑް ފުޅިއާއި، 31 ޕެޓް ފުޅިއާއި، 444 ދަޅު ބަނގުރަލާއި އެހެނިހެން 35 އައިޓަމެކެވެ. އެހެނިހެން އައިޓަމްގެ ގޮތުގައި ކޮތަޅު، ނޫސްކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ހިމެނެއެވެ.

ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ބަނގުރަލާ ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ ތަކެއްޗާމެދު އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން، ޕްރޮސިކިއުޓަރ ޖެނެރަލް އެކުލަވައިލެއްވި ކޮމިޓީގެ ބެލުމުގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް