Advertisement
ހދ.ނާވައިދޫ
|
26 ސެޕްޓެންބަރ 2022 | ހޯމަ 12:35
ނައިވާދޫގެ ފެނުގެ ނިޒާމް ރަސްމީކޮށް، ރައީސް ޞާލިހު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަނީ
ނައިވާދޫގެ ފެނުގެ ނިޒާމް ރަސްމީކޮށް، ރައީސް ޞާލިހު ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ނައިވާދޫގެ ތަރައްގީގެ މަސައްކަތް
މިހާތަނަށް ނައިވާދޫއަށް ނުކޮށްދެވީ އޮތީ ބަނދަރުގެ މަސައްކަތް އެކަނި – ރައީސް
ނައިވާދޫއަށް ކޮށްދޭންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި
މި ދައުރުގައި ލަސްތަކެއްނުވެ މަސައްކަތް ފަށާ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނަން
ރައީސް ވަނީ ނައިވާދޫގެ ފެނުގެ ނިޒާމް ރަސްމީކޮށް ފައްޓަވައިދެއްވާފައި

ވެވަޑައިގެންނެވި ވައުދުފުޅުތަކުގެ ތެރެއިން މިހާތަނަށް ހދ. ނައިވާދޫއަށް ނުކޮށްދެވި އޮތީ ބަނދަރުގެ މަސައްކަތް އެކަނި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ހދ. ނައިވާދޫގެ ފެނުގެ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ނައިވާދޫއަށްކޮށްދޭންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ރިޔާސީ އިންތިހާބުގައި ކަންތައްތަކެއް ކޮށްދެއްވާނެކަމަށް ވައުދުފުޅުވެވަޑައިގެންނެވި ކަމަށާއި، އޭގެ ތެރެއިން ފާހަގަ ޖަހަމުންދާއިރުގައި އެ ވައުދުތަކުގެ ތެރެއިން މިހާތަނަށް ނުފެށި އޮތީ ބަނދަރުގެ މަސައްކަތް ކަމަށެވެ. އިރާދަކުރެއްވިއްޔާ މި ދައުރުގައި ލަސްތަކެއްނުވެ އެ މަސައްކަތް ފަށާ ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން މިރަށް ބޭނުންވެފައި ހުރި ކަންތައްތަކުގެ ވާހަކަ ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ. ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު ވަނީ ބަޔަކާއި ހަވާލުކުރެވިފައި. އިރާދަކުރެއްވިއްޔާ އެ ދަނޑު ނިމިގެންދާއިރުގައި، ކައުންސިލްގެ ރައީސް ވިދާޅުވިގޮތަށް އެތަނުގައު ޓާފުއެޅި، ރޭގަނޑު ކުޅެވޭގޮތަށް އަޅުގަނޑުމެން ހަދައިދޭނަން. ރަށް ހިމާޔަތްކުރުމަކީ އަޅުގަނޑުމެން ކުރަންޖެހިފައި އޮތް ކަމެއް. އަސްލަމް އެކަމާއި ދޭތެރޭގައި ޕްލޭނެއް އެބަގެންގުޅުއްވާ. އެއީ ދިމާވެފައި އޮތް ދައްޗެއްކަމަށް ދެކި އެކަން ގެންދާނެ ވާހަކަ ދަންނަވަން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ ނާވައިދޫގެ ސިއްހީ މަރުކަޒަކީ އެއީ މަޖިލިސް އިންތިހާބުގައި ކޮށްދެއްވާނެކަމަށް ވިދާޅުވިކަމެއް ކަމަށާއި، އެ މަސައްކަތުގެ އަޕްގްރޭޑިންގ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަދިވެސް ރާއްޖޭގެ އެކި ރަށްރަށަށް އެންމެ ބޭނުންވާ އެއްކަމަކީ ސިއްހީ ހިދުމަތް ރަނގަޅުކުރުން ކަމުގައި ގަބޫލުކޮށް ހިދުމަތް ރަނގަޅަށް ދިނުމަށް އެކި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވާ މިދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގަންނަވާނީ، ހދ. ނައިވާދޫ އަށެވެ. އެއަށްފަހު، ހދ. ފިނޭއަށާއި، ހއ. އުތީމަށް އަދި ހއ. ދިއްދޫއަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ހއ. އުތީމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤައުމީ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ހއ. އުތީމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނާއެކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އުތީމަށް ވަޑައިގަންނަވާނެއެވެ.

ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މި ރަށްރަށުގައި ސަރުކާރުން ކުރިޔަށް ގެންގޮސްފައިވާ ބައެއް ޢުމްރާނީ މަޝްރޫޢުތައް ނިންމައި ޚިދުމަތްތައް ރަސްމީގޮތުން އިފްތިތާޙްކޮށްދެއްވާނެއެވެ. މީގެތެރޭގައި ރަށްރަށުގެ ފެނުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމް ހިމެނެއެވެ. އަދި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ޒޯން 1 ގެ ޚިދުމަތް ފަށައި އެ ނިޒާމް އެސަރަޙައްދުގައި ފުރިހަމަކޮށްފައިވާތީ ރަސްމީކޮށް އެކަން ފާހަގަކުރުމަށް ބާއްވާ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން މި ދަތުރުފުޅުގެ ތެރެއިން އެ ރަށްރަށުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ މާލެ ވަޑައިގަންނަވާނީ، ބުދަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް