ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 07:11
ބީއެމްއެލް އިން ސައިން ލެންގުއެޖް ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
ބީއެމްއެލް އިން ސައިން ލެންގުއެޖް ދުވަސް ފާހަގަކުރަން ބޭއްވި ހަރަކާތުގެ ތެރެއިން
ބީއެމްއެލް
ބީއެމްއެލް
ސައިން ލެންގުއެޖް ޑިކްޝަނަރީއެއް ހަދަން ބީއެމްއެލްގެ އެހީ
ސައިން ލެންގުއެޖް ޑިކްޝަނަރީ އުފައްދަން ބޭނުންވާ މާލީ އެހީތެރިކަން ބީއެމްއެލުން ވަނީ ފޯރުކޮށްދީފައި

އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސައިން ލެންގުއެޖް ޑިކްޝަނަރީއެއް ހެދުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން މި އެހީތެރިކަން ފޯރުކޮށްދިނީ "އިންޓަރނޭޝަނަލް ޑޭ އޮފް ސައިން ލެންގުއޭޖް" އާ ގުޅިގެން ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހާއްސަ ހަރަކާތްތަކުގެ ތެރެއިންނެވެ. އެގޮތުން ސައިން ލެންގުއޭޖް ޑިކްޝަނަރީ އުފެއްދުމަށް ބޭނުންވާ މާލީ އެހީތެރިކަން އެ ބޭންކުން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ދީފައެވެ.

ބޭންކުން ވަނީ ޑެފް އެސޯސިއޭޝަނާ ގުޅިގެން އިތުރު ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ދަތިކަން ހުންނަ މީހުންނަށް ޚިދުމަތް ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ބޭނުމުގައި ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުގެ މުވައްޒަފުންނަށް ސައިން ލެންގުއޭޖް ޓްރެއިނިން ސެޝަނެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޓްރެއިން ސެޝަނެއް 2020 ގައިވެސް ކުރިއަށްގެންދިޔައެވެ.

ރާއްޖޭގެ ގިނަ ކުންފުނިތަކުން މިހާރު ދަނީ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހައިން ޚިދުމަތް ލިބޭ ގޮތަށް އެތަންތަނުގެ ޚިދުމަތްތައް ބަދަލު ކުރަމުންނެވެ. އެގޮތުން އަޑުއިވުމުގައި ދަތިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމާއި ލޯފަން މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފަސޭހަ ކަމާއެކު ޚިދުމަތް ހޯދޭނެ ގޮތްތައް ގިނަ ކުންފުނިތަކުން ދަނީ ޚިޔާރު ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް