ޗެލްސީގެ ކޮމާޝަލް ޑިރެކްޓަރުގެ މަގާމާއި ދާދި ފަހުން ހަވާލުވި ޑެމިއަން ވިލުބީ މަގާމުން ވަކިކޮށްފިއެވެ.
ޑެމިއަން މަގާމުން ވަކިކުރީ ޕްރިމިއަރ ލީގުން އޭނާ މަގާމަށް ރަސްމީކޮށް ހަމަ ނުޖައްސަނީސް ކުރި މެސެޖުތަކަކާއި ގުޅިގެންނެވެ. ޗެލްސީގައި ޑެމިއަން މަސައްކަތް ކުރަން ފެށީ މި މަހުގެ ކުރީކޮޅުއެވެ. ޑެމިއަންއާއި ޗެލްސީގެ ކޮމާޝަލް ޑިރެކްޓަރުގެ މަސައްކަތްތައް ހަވާލުކުރީ ކްލަބުގެ އައު އޯނަރު ޓޮޑް ބޯލީ ކްލަބާއި ހަވާލުވެ ގެނައި ބަދަލުތަކުގެ ތެރެއިންނެވެ.
ޑެމިއަން މަގާމުން ވަކިކުރުމާއި ގުޅޭ ގޮތުން ކްލަބުގެ ސްޕޯކްސް ޕާސަން ބުނީ އޭނާ މަގާމުން ވަކިކުރީ މަސްއޫލިއްޔަތުތައް ރަސްމީކޮށް ހަވާލުކުރުމުގެ ކުރިން ޑެމިއަން ކޮށްފައިވާ މެސެޖުތަކެއްގެ ސަބަބުން ކަމަށެވެ. އަދި އެކަމަށް އެކަށީގެންވާ ހެކި ލިބިފައިވާކަން ކްލަަބުން ފާހަގަކުރިއެވެ.
އިންވެސްޓިގޭޝަން ރިޕޯޓުތައް ބުނާ ގޮތުން ޑެމިއަން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ފުޓްބޯޅަ ފައިނޭންސިންގ އެޖެންޓަކަށް ފޮނުވަން އެކަށީގެންނުވާ މެސެޖުތަކެއް ފޮނުވާފައެވެ.