ކ. މާލެ
|
21 ސެޕްޓެންބަރ 2022 | ބުދަ 13:01
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
ރިޔާސީ ވައުދުތައް
ރަށްރަށަށް ގޮސް ކޮށްދޭނެ ކަމަށް ބުނާ ކަންކަމަކީ ރައީސްގެ ވައުދެއް ނޫން: ރައީސް ނަޝީދު
ރައީސުލްޖުމްހޫރިއްޔާ ކަމެއްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ނަމަ އެކަން ހިނގާނެކަމަށް ގަބޫލު ކުރެވޭ: އަސްލަމް
ރައީސް ވިދާޅުވާ ކޮންމެ ވާހަކައަކީ ހުކުމެއް ނޫނީ ވައުދެއް ކަަމަށް ދެކުން އެއްގޮތަކަށް ވެސް ރަނގަޅެއް ނޫން: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ކުރައްވާނެ ކަމަށް ވިދާޅުވާ ކަންކަމަކީ ވައުދެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ފުރަތަމަ އޮތީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް، ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އާއި ކުރެއްވި ސުވާލަށް ޖަވާބު ހޯދުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމެވެ. ބުދަ ދުވަހު މަޖިލީހުގެ މެމްބަރުން ވަނީ އެ ދާއިރާތަކުގައި ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ބައެއް ކަންކަން ފުރިހަމަ ނުވާތީ އެކަމާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އާންމު އުސޫލެއްގެ ގޮތުން ބަލާނަަމަ ރިޔާސީ ވައުދުތަކުގެ ގޮތުގައި ބެލެވޭނީ އެ ޕާޓީތަކުގެ މެނިފެސްޓޯތަކުގައި ލިޔެފައިވާ ވާހަކަތައް ކަމަށެވެ.

އިއްޒަތްތެރި މެމްބަރުން ވިދާޅުވޭ އެވެނި ރަށަަކަށް މިވެނި ރަށަކަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެން މިވެނި ވާހަކައެއް ވިދާޅުވި ކަމަށް، އެއީ ވައުދެއް ކަމަށް. އެހެން ނަމަވެސް އަޅުގަނޑަށް ފެންނަ ފެނުމުގައި ވައުދެއްގެ ގޮތުގައި އަޅުގަނޑުމެން ބަލާން މި ޖެހެނީ މެނިފެސްޓޯގައި ލިޔެފައިވާ ވައުދު، އަޅުގަނޑަށް އެނގޭ މީގެ ކުރީގައި ބައެއް ބޭފުޅުން ވިދާޅުވެފައި އެބަހުރި ކަން އެއީ ބެނާތައް ތައްގަނޑުޖެހި ކުދިން ޖެހި އެއްޗެއް ކަމަށް ވެސް
ރައީސް ނަޝީދު

ރައީސް ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ދައްކަވާ ހުރިހާ ވާހަކަފުޅުތަކަކީ ވައުދެއް ކަަމަށް ނުވަތަ ހުކުމެެއް ކަމަށް ބެލުމަކީ ރަނގަޅު ގޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މެމްބަރުންގެ އެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރު އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމެއްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ނަމަ އެކަން ނުހިނގާ އޮންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

- ކޮމެންޓް