ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 21:54
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަން
އައިޖީއެމްއެޗް
ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުން
ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނަގައިފި
 
މި އޮޕަރޭޝަނަކީ ދިވެހި ޑޮކްޓަރުންގެ ޓީމަކުން އަލަށް ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން

ރާއްޖޭގެ ހޮސްޕިޓަލެއްގައި ފުރަތަމަ ފަހަރަށް މީހެއްގެ ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމުގެ ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.

ކިޑްނީ ތޮރުފައިގެން ހިލަތައް ނެގުމުގެ ކާމިޔާބު އޮޕަރޭޝަން ކޮށްފައިވަނީ އައިޖީއެމްއެޗުންނެވެ.

އައިޖީއެމްއެޗުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، މި އޮޕަރޭޝަނަކީ ދިވެހި ޑޮކްޓަރުންގެ ޓީމަކުން އަލަށް ރާއްޖޭގައި ކުރި މިފަދަ ފުރަތަމަ އޮޕަރޭޝަން ކަމަށެވެ.

މި އޮޕަރޭޝަން ކުރުމުގައި އެންމެ އިސްކޮށް ތިއްބެވީ، ޔޫރޮލޮޖީގެ ދިވެހި ޑޮކްޓަރުން ކަމަށްވާ ޑރ. އަބްދުﷲ އަދްސަރު އާއި ޑރ. އިބްރާހީމް މިސްބާހުއެވެ.

މި އޮޕްރޭޝަން ކުރިއަށް ގެންދެވުނީ ހޭނައްތާ ޑޮކްޓަރުންނާއި ތިއޭޓަރު ނަރުހުންގެ ބައިވެރިވުމާއެކު ކަމަށްވެސް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
17%
0%
0%
0%
0%
83%
ކޮމެންޓް