Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2022 | އަންގާރަ 07:28
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ފޭދޫގައި ތުއްތު ކުއްޖަކު މަރާލުން
ތުއްތު ކުއްޖަކު މަރާލި މާމައާއި ދޮންކާފަ 10 އަހަރަށް ޖަލަށް
ދައުވާތަކަށް ދެމީހުންވެސް އިންކާރުކުރޭ
މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ދައްކަންޖެހޭ
ކައްފާރާއެއްގެ ގޮތުގައި ޖެހި ޖެހިގެން 60 ދުވަހު ރޯދަ ހިފަންޖެހޭ

ށ. ފޭދޫގައި ތުއްތު ކުއްޖަކު މަރާލި މައްސަލަ އެކުއްޖާގެ މާމައާއި ދޮންކާފަގެ މައްޗަށް ސާބިތުވެ، 10 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.

ށ. ފޭދޫގައި 15 އަހަރުގެ ކުއްޖަކު ވިހެއި ދަރިފުޅު މަރާލުމަށްފަހު އެގޭގެ ގިފިލި ތެރޭގައި އެ ކުއްޖާ ވަޅުލި މައްސަލައިގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި އެކުއްޖާގެ މާމައާއި ދޮންކާފަގެ މައްޗަށް ދައުލަތުން ކުރާ، ކުއްޖަކު މެރުމުގެ ކުށުގެ ދަޢުވާއަށް ދެމީހުންވެސް ވަނީ އިންކާރުކޮށްފައެވެ. އެހެންނަމަވެސް މި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެތްކާއި ޤަރީނާއަށް ބަލާއިރު، މިއީ ޝައްކެއްނެތް މިންވަރަށް ޝަރީއަތަށް ސާބިތުވެފައިވާ މައްސަލައެއްކަމުގައި ވަނީ ކަނޑައަޅާފައެވެ.

Advertisement

އެހެންކަމުން ގަސްތަކާއި ނުލައި މީހަކު މެރުމުގެ ކުށް އެ ދެ މީހުންގެ މައްޗަށް ސާބިތުވެ، 10 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ. އަދި މަރުގެ ދިޔައިގެ ގޮތުގައި އެއް މިލިއަން ރުފިޔާ ކަނޑައަޅައި، އެއް އަހަރު ދުވަހުގެ ތެރޭގައި އެ ފައިސާ ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގާފައެވެ. އަދި ކުށުގެ ކައްފާރާއެއްގެ ގޮތުގައި ޖެހި ޖެހިގެން 60 ދުވަހު ރޯދަ ހިފުމަށް ހުކުމްކޮށްފައިވެއެވެ.

މި މައްސަލައިގައި އެ ދެމީހުން ހައްޔަރުކުރިތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ބަންދުގައި ތިބި މުއްދަތު ޖަލު ހުކުމުން އުނިކުރުމުން އެމީހުން ޖަލު ހުކުމުގެ ގޮތުގައި ތަންފީޒުކުރަންޖެހޭނީ މަދު ދުވަސްކޮޅެކެވެ.

މި މައްސަލައިގައި ތުއްތު ކުއްޖާގެ މަންމައަށް ޒިނޭގެ ދައުވާކުރިނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް