Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2022 | އާދީއްތަ 17:40
ރާނީ އެލިޒަބަތު 2 ވަނައިގެ ސަންދޯއް
ރާނީ އެލިޒަބަތު 2 ވަނައިގެ ސަންދޯއް
ރޮއިޓާރސް
ރާނީ އެލިޒަބަތުއަށް އިހުތިރާމް އަދާކުރެއްވުން
ރައީސްގެ ދެކަނބަލުން ރާނީ އެލިޒަބަތު 2 ވަނައަށް އިހުތިރާމް އަދާކުރައްވައިފި
އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންނެވީތީ ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި، އިނގިރޭސިވިލާތުގެ ތަޚުތުގައި 70 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރެނދަލިކުރެއްވި، އަދި އެ ގައުމުގައި އެންމެ ދިގުމުއްދަތެއްގައި ރަނިކަންކުރެއްވި އެލިޒަބަތު 2 ވަނައަށް އެންމެފަހުގެ އިހުތިރާމު އަދާކުރައްވައިފިއެވެ.

ރާނީއަށް އެންމެފަހުގެ އިހުތިރާމު އަދާކުރެއްވުމުގެކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ، ރާނީ އަވަހާރަވުމާގުޅިގެން ލަންޑަނުގެ ލަންކަސްޓަރ ހައުސްގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ތައުޒިޔާގެ މެސެޖު ލިޔުއްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާރލްސް 3 ވަނައަށާއި، ޝާހީ އާއިލާއާއި، އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އަދި ކޮމަންވެލްތު ގައުމުތަކުގެ ރައްޔިތުންނަށް އިޚްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައެވެ.

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިއުއްވި މެސެޖުގައި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމާގުޅިގެން މުޅި ދުނިޔެ ހިތާމަ ފާޅުކުރަމުންދާއިރު، އެކަމަނާގެ ގައުމުގައި އެކަމަނާގެ އެންމެ ގާތްބޭފުޅުންނާއެކު އެންމެ ފަހުގެ އިހުތިރާމް އަދާކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިގެންނެވިތީ ޝުކުރުވެރިވެވަޑައިގަންނަވާކަން ބަޔާންކުރައްވާފައިވެއެވެ. އަދި ރާނީ އެލިޒަބަތު 2 ވަނައިގެ ހަނދާންތަކަކީ ހިތްތަކުގައި ބިންވަޅުނެގިފައިވާ އެތައް ޖީލުތަކަށް ދެމިއޮންނާނެ ހަނދާންތަކެއް ކަމުގައިވެސް ލިއުއްވާފައިވެއެވެ.

Advertisement

ތައުޒިޔާގެ ދަފްތަރުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލިއުއްވާފައިވާ މެސެޖުގައި، އިނގިރޭސި ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވުމަކީ އެކަމަނާއާއި އަދި މުޅި ދުނިޔޭގެ އެތައް ބަޔަކަށް ފުން ހިތާމައާ މޮޅިވެރިކަން ގެނުވި ކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، މައެއްގެގޮތުން އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާތައް ފާހަގަކުރައްވައި، އިނގިރޭސި ރާނީ "މައެއްގެ ހައިސިއްޔަތުން އިނގިރޭސި ވިލާތަށާއި އެ ގައުމުގެ ރައްޔިތުންނަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަކީ ތައުރީފު ހައްގު ޚިދުމަތްތަކެއްކަން ފާހަގަކުރައްވާފައެވެ.

ރާނީ އެލިޒަބަތު 2 ވަނަ އަވަހާރަވީ 2022 ސެޕްޓެންބަރ 8 ވީ ބުދަ ދުވަހުއެވެ. އަވަހާރަވިއިރު އުމުރު ފުޅަކީ 96 އަހަރެވެ. ރާނީ އެލިޒަބަރު 2 ވަނައިގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައި، 2022 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހު އިނގިރޭސި ވިލާތުގެ ގަޑިން 11 ޖަހާއިރުއެވެ.

Advertisement

Advertisement
- ކޮމެންޓް