ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 19:30
"މަމެން" އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް
"މަމެން" އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް
ރާއްޖެއެމްވީ
ބައިސްކަލު ރޭސް
"މަމެން" އިންޓަރ ސްކޫލް ބައިސްކަލު ރޭސް ފަށައިފި
މި ޗެމްޕިއަންޝިޕްގައި 32 ސްކޫލަކުން 900ށް ވުރެ ގިނަ ދަރިވަރުން ވާދަކުރޭ

ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ބާއްވާ ތިން ވަނަ "މަމެން" އިންޓަރ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް ފަށައިފިއެވެ.

ހުޅުމާލޭ ސައިކްލިން ޓްރެކުގައި ހުކުރު ދުވަހު ހެނދުނު ފެށި މި ޗެމްޕިއަންޝިޕްގައި 32 ސްކޫލަކުން 900ށް ވުރެ ގިނަ ދަރިވަރުން ވާދަކުރެއެވެ.

މިއަހަރުގެ މުބާރާތުގައި ބައިވެރިން ވާދަކުރަނީ ފަސް އުމުރުފުރައަކުންނެވެ. އެއީ 19 އަހަރުން ދަށް، 17 އަހަރުން ދަށް، 15 އަހަރުން ދަށް، 13 އަހަރުން ދަށް އަދި 11 އަހަރުން ދަށެވެ. ހުކުރު ދުވަހުގެ ހެނދުނު ފެށީ 13 އަހަރުން ދަށުގެ އިވެންޓްތަކެވެ. މިގޮތުން 13 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން 200 މީޓަރު ރޭސްތައް ހެނދުނު ކުރިއަށް ގެންދިޔައެވެ. އުމުރުން 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ 200 މީޓަރު ރޭސްތައް ވަނީ މެންދުރު ފަހުން ކުރިއަށް ގެންގޮސްފައެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ކުރިއަށްދާނީ އެއް ކިލޯމީޓަރާ ތިން ކިލޯމީޓަރުގެ ރޭސްތަކެވެ. އެއް ކިލޯމީޓަރު 13 އަހަރުން ދަށާއި 15 އަހަރުން ދަށަށް އަމާޒުކޮށްފައިވާއިރު ތިން ކިލޯމީޓަރުގެ ބައިގައި ވާދަކުރާނީ 17 އަހަރުން ދަށުގެ ކުދިންނާއި 19 އަހަރުން ދަށުގެ ބައިވެރިންނެވެ. މި ބައިތަކުގެ އިތުރުން ޓީމް އިވެންޓްތަކާއި 11 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "ކިޑްސް ފަން ރައިޑް" ވެސް ހޮނިހިރު ދުވަހު ކުރިއަށްދާނެއެވެ.

މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ކުޑަކުދިންގެ މެދުގައި ބައިސިކަލް ދުއްވުމަށް އޮތް ޝައުގުވެރިކަން އިތުރުކުރުމާއި ސައިކްލިންގެ ބައިންއަލްއަގްވާމީ މުބާރާތްތަކަށް ދިވެހި ކުދިން ތަމްރީންކުރުމެވެ.

މިއީ މަމެން ސައިކްލިން މުބާރާތް ބާއްވާ ތިން ވަނަ އަހަރެވެ. 2018 ވަނަ އަހަރާއި 2019 ވަނަ އަހަރު ބޭއްވުމަށް ފަހު މިދިޔަ ދެ އަހަރު ކޮވިޑާ ގުޅިގެން މުބާރާތް ބޭއްވޭ ގޮތް ވަނީ ނުވެފައެވެ.

- ކޮމެންޓް