ދިރާގު ކަސްޓަމަރުންނަށް އޭޝިއާ ކަޕް 2025 ބަލައިލުމަށް ޚާއްސަ އޮފާއެއް ތައާރަފުކޮށްފިއެވެ.
އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމުގައިވާ "އޭޝިއާ ކަޕް"ގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޕާކިސްތާން، ސްރިލަންކާ، ބަންގްލަދޭޝް، އަފްގާނިސްތާން އަދި ނޭޕަލް ހިމެނެއެވެ.
މި މުބާރާތް ކުރިއަށް ދާނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގާއި މީޑިއާނެޓް ގުޅިގެން، ދިރާގު ކަސްޓަމަރުންނަށް ދޭ މި ޚާއްސަ އޮފާގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބޭނެއެވެ. އަދި މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5، ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބޭނެއެވެ.
މި ހާއްސަ އޮފަރގެ ދަށުން ދިރާގު ކަސްޓަމަރުންނަށް އެންމެ 50 ރުފިޔާއަށް މީޑިއާނެޓް ޓީވީއަށް ސަބްސްކްރައިބް ކުރުމުގެ ފުރުސަތު ލިބި، މި ރީޖަންގެ އެންމެ ފޯރިގަދަ ކްރިކެޓް މުބާރާތުގެ މެޗުތައް ސޮނީ ސްޕޯޓްސް ޓެން 1، 2 އަދި 5 ޗެނަލްތަކުން ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ދިރާގު![]()
ދިރާގު ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މި ޚާއްސަ އޮފާ، ދިރާގު އެޕް އަދި މައި އެކައުންޓް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެ އެވެ.
އޭޝިއާގެ އެންމެ މަގުބޫލު އެއް މުބާރާތް ކަމަށްވާ އޭޝިއާ ކަޕްގައި ކްރިކެޓްގެ އެންމެ ވަރުގަދަ ޓީމުތައް ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި އިންޑިއާ އާއި ޕާކިސްތާނާއި ސްރިލަންކާ އާއި ބަންގްލަދޭޝާއި އަފްގާނިސްތާން އަދި ނޭޕަލް ހިމެނެ އެވެ. އެ މުބާރާތް ކުރިއަށް ދާނީ އިއްޔެއިން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދިރާގުން ދަނީ ކަސްޓަމަރުންނާ ހަމައަށް އެންމެ ފަހުގެ މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި ތަފާތު ގިނަ ހިދުމަތްތައް ހެޔޮ އަގުގައި ކަސްޓަމަރުންގެ އެކި ބޭނުންތަކަށް ހާއްސަކޮށްގެން ފޯރުކޮށްދެމުންނެވެ.