ކ. މާލެ
|
16 ސެޕްޓެންބަރ 2022 | ހުކުރު 06:49
އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހާ
އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހާ
ޕޮލިސް މީޑިޔާ
ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މައްސަލަ
އައްޑޫ ސިޓީ ހިތަދޫ ފިހާރައެއްގައި އަލިފާން ރޯކޮށްލި މީހަކު ހޯދަނީ
 
ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށް

އައްޑޫ ސިޓީ ހިތަދޫ ބްލޮސަމް ފިހާރައިގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ކުރަމުންދާ ތަހުގީގަށް މީހަކު ހޯދުމަށް އިއުލާންކޮށްފިއެވެ.

އެކަމާއި ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއްކަމަށެވެ. މިހާދިސާ ހިނގާފައިވަނީ ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅުމަށް ފުލުހުން އެދެއެވެ.

ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މޫނާއި ބޯ ނިވާކޮށްގެން ހުރި މީހަކު ގަލެއް ކަހަލަ އެއްޗަކުން ޖަހައި ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލާ މަންޒަރެވެ. އެއަށް ފަހު އަތުގައި އޮތް ފުޅިއަކުން ފިހާރަ ތެރެއަށް ފެޓްރޯލް އުކުމަށްފަހު އަލިފާން ރޯކޮށްލައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް