Advertisement
ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 22:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް ފަށާއިރު ޕްރޮގްރާމަށް ތައުރީފު ކުރެއްވުން
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމް އަކީ ވަރަށް މުހިންމު ބޭނުންތެރި ޕްރޮގްރާމެއް: ރައީސް
ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ޗެނަލްގެ އިމާރާތް އަންދާ އަޅިއަށް ހަދާލި
އެގޮތުން ރާއްޖެޓީވީން ގެނެސްދޭ ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި މުހިންމު ޕްރޮގްރާމެއް
މުހިންމު ޕްރޮގްރާމްތަކެއް ޕްރައިވެޓް ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުންދޭ

ޕްރައިވެޓް ޗެނަލްތަކުން ގެނެސްދޭ ޕްރޮގްރާމުތަކުގެ ތެރެއިން ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމް އަކީ ވަރަށް މުހިންމު ބޭނުންތެރި މައުލޫމާތުތަކެއް ގެނެސްދޭ ޕްރޮގްރާމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބްރާޑްކާސްޓް އެވޯޑްސް ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ވަރަށް ގިނަ ދައްޗާއި ބުރަ މަސައްކަތާއެކު ސްކްރީން ރީތިކުރުމަށް ޓީވީ މުވައްޒަފުން ކުރާ ބުރަ މަސައްކަތް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި ރާއްޖޭގެ ވަރަށް ގިނަ ޕްރައިވެޓް ޓީވީ ޗެނަލްތަކުން ކުރާ ޤައުމީ ޚިދުމަތުގެ އަގުވަޒަން ކުރައްވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މުހިންމު ޕްރޮގްރާމްތަކެއް ޕްރައިވެޓް ޓީވީ ޗެނަލްތަކުން ބްރޯޑްކާސްޓް ކުރަމުންދާ ކަމަށެވެ. އެގޮތުން ރާއްޖެޓީވީން ގެނެސްދޭ ފަށާއިރު ޕްރޮގްރާމަކީ ވަރަށް ބޭނުންތެރި މުހިންމު ޕްރޮގްރާމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

Advertisement

ރައީސް އިތުރަށް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމާއެކު ކުރިން ކުރިމަތިވި ކަންތައްތައް ވަރަށް ސާފުކޮށް ފެނިގެން ހިނގައްޖެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް ޓީވީ ޗެނަލްގެ އިމާރާތް އަންދާ އަޅިއަށް ހަދާލި ކަމަށާއި އެތައް ނޫސްވެރިންނަށް ނުރައްކާތެރި ހާލަތާއި ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް މިގޮތަށް ވިދާޅުވެފައިވާއިރު މީގެ ކުރިން ވެސް އެކި ފަހަރުމަތިން ރައީސް ވަނީ މި ޝޯ އަކީ ރައީސް ގަވާއިދުން ބައްލަވާ، އަދި އެމަނިކުފާނަށް ވަރަށް ގިނަ މައުލޫމާތުތައް ލިބިވަޑައިގަންނަވާ ޝޯއެއް ކަމަށް ވިދާޅުވެފައެވެ.

ރައީސްގެ މިދައުރުގެ ތެރޭގައި ރާއްޖެޓީވީގެ ސްޓޫޑިއޯއަށް ވަޑައިގެން، ލައިވްކޮށް މި ޕްރޮގްރާމްގައި ދެފަހަރެއްގެ މަތިން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން

މިނިވަން ދުވަހުގެ މުނާސަބަތުގައި ވެސް މުލިއާގޭގައި ތިއްބައިވައިގެން ރައީސްގެ ދެކަނބަލުން ވަނީ ޒޫމް މެދުވެރިކޮށް ވެސް ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައެވެ.

ރާއްޖެޓީވީން ފަށާއިރު ޕްރޮގްރާމު ކުރިއަށް ގެންދާތާ ހަތް އަހަރުވެފައިވާއިރު މި ޕްރޮގްރާމަކީ މެދުނުކެނޑި ގެނެސްދޭ ޕްރޮގްރާމެކެވެ. އަދި މިއީ ރާއްޖޭގެ ޗެނަލްއަކުން ލައިވްކޮށް، ކޮންމެ ދުވަހަކު އެންމެ ހެނދުނާ ގެނެސްދޭ ހަމައެކަނި ޕްރޮގްރާމެވެ.

ރާއްޖޭގެ ހުރިހާ ފަންތިއެއްގެ އިސް ބޭފުޅުން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެންފައިވާއިރު އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ވިޔަފާރީގެ ދާއިރާގެ ފުންނާބު އުސް ފަރާތްތަކާއި މަޖިލިސް މެމްބަރުންނާއި ކުންފުނިތަކުގެ މެނޭޖިންގ ޑިރެކްޓަރުންނާއި އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ އިސް ފަރާތްތައް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ޝޯއަކީ އެ ވަގުތަކަށް މުޖުތަމައުގައި ފާހަގަކޮށްލެވޭ، ޚަބަރާއި މައްސަލަތައް ޝައުޤުވެރި ގޮތަކަށް ގެނެސްދެވޭ ޝޯއެކެވެ. މިއީ މިވަގުތު ރާއްޖޭގައި ގިނަ ބަޔެއްގެ މަޤްބޫލުކަން ހޯދާފައިވާ ޕްރޮގްރާމެއް ވެސް މެއެވެ.

Advertisement

Advertisement
- ކޮމެންޓް