ކ. މާލެ
|
14 ސެޕްޓެންބަރ 2022 | ބުދަ 06:13
ފުވައްމުލަކު ސިޓީގެ މޭޔަރަށް ތިނަދޫއިން މަރުހަބާ ދެންނެވުން
ފުވައްމުލަކު ސިޓީގެ މޭޔަރަށް ތިނަދޫއިން މަރުހަބާ ދެންނެވުން
ރާއްޖެއެމްވީ
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް
މުބާރާތް ނިންމުމުގެ ރަސްމިއްޔާތައް ފުވައްމުލަކު މޭޔަރު ތިނަދޫއަށް
 
ރަފީގް ތިނަދޫއަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެރޭ
 
މުބާރާތް ފެށުމުގެ ރަސްމިއްޔާތުވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައި

މިހާރު ކުރިއަށްދާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް ތިނަދޫއަށް ވަޑައިގަންނަވައިފިއެވެ.

ގދ އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުاللهގެ ދައުވަތަކަށް, މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރަފީގް ތިނަދޫއަށް ވަޑައިގެންނެވީ އަންގާރަ ދުވަހުގެ ރޭއެވެ. މޭޔަރު އިސްމާއިލް ރަފީގް ތިނަދޫއަށް ވަޑައިގަތުމުން ގދ އަތޮޅު ކައުންސިލާއި، މުބާރާތް ރާވައި ހިންގާ ރައުހަތު ސްޕޯރޓްސްއާއި، ތިނަދޫ ކައުންސިލާއި، ތިނަދޫގެ ސްކޫލްތަކާއި، އެހެނިހެން މުއައްސަސާތަކުގެ ފަރާތުން މޭޔަރަށް ވަރަށް ހޫނު މަރުޙަބާއެއް ވަނީ ދަންނަވާފައެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުވެސް ވަނީ ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފައެވެ. މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު ތިނަދޫ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 24 ސްކޫލެއްގެ ދަރިވަރުން ވާދަކުރެއެވެ. ގދ އަތޮޅު ކައުންސިލުން މުބާރާތް އިންތިޒާމުކުރުމަށް ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
50%
50%
0%
0%
0%
0%
ކޮމެންޓް