Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 19:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
އިނގިރޭސި ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވަނީ
ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ތާރީޚެއް ރައީސް އޮފީހުން އަދި ހާމައެއްނުކުރޭ

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު 2ވަނައިގެ ޖަނާޒާގައި ބައިވެރިވެވަޑައިތުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެގައުމަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އިނގިރޭސިވިލާތަށް ވަޑައިގަންނަވާނެ ތާރީޚު އަދި ފަހުން ހާމަކުރާނެކަމަށެވެ.

ރާނީ އެލިޒަބަތުގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 19ވަނަ ދުވަހުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައި ވަނީ ވެސްޓްމިންސްޓަރ އެބީގައެވެ. އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދެވަނަ އަވަހާރަވުމާގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ ތައުޒިޔާވެސް ވިދާޅުވެފައެވެ.

Advertisement

ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ކަނބަލެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިނގިރޭސީންގެ ރަސްކަމުގެ އިއްޒަތްތެރި ތަޚުތަށް ޖަލާލަތުލްމަލިކާ ކްއީން އެލިޒަބަތު އިސްވެވަޑައިގަތުމުގެ އުފާވެރި މުނާސަބަތު ދިވެހިރާއްޖޭގައި ކުލަގަދަ ގޮތެއްގައި މީގެ 70 އަހަރުކުރިން (1952ގައި) ފާހަގަކުރެވުނެވެ.

ރާނީ އެލިޒަބަތުގެ އަރިއަހަށް (ނ.ޣ. ޢ.ވ.) ދިވެހި ދައުލަތުގެ އެންމެ މަތިވެރި އިއްޒަތް، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު ވަނީ އަރުވާފައެވެ. އެއީ ރާނީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި 13 މާރިޗު 1972ގައެވެ.

ދިވެހިރާއްޖެ 2 ޖަނަވަރީ 1989ން 26 ޖުލައި 1965ށް އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެެވެ. ރާނީ ތަޚުތުގައި އިންނަވަނިކޮށް އިނގިރޭސިވިލާތުގައި 15 ބޮޑުވަޒީރުން ބޮޑުވަޒީރުކަން ކުރައްވާފައިވެއެވެ. އެކަމަނާގެ ރާނީކަމުގައި އެމެރިކާގައި 14 ރައީސުން ރައީސްކަން ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް