Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 12:39
ރައީސް ސާލިހު އާއި ރައީސް ނަޝީދު - ފަހު ވަގުތު އެއްގަލަކަށް އެމްޑީޕީން އަރާނެކަމަށް ގާސިމް ދެކެވަޑައިގަންނަވާ
ރައީސް ސާލިހު އާއި ރައީސް ނަޝީދު - ފަހު ވަގުތު އެއްގަލަކަށް އެމްޑީޕީން އަރާނެކަމަށް ގާސިމް ދެކެވަޑައިގަންނަވާ
ރައީސް އޮފީސް
އެމްޑީޕީގެ އެތެރޭގެ ކޯޅުން
އެމްޑީޕީ ރޫޅިގެން ނުދާނެ، "އިޓް އިސް ޖަސްޓް އަ ޝޯ" – ގާސިމް
އެއިން އެއްވެސް ބޭފުޅަކަށް އެފޯޑެއް ނުކުރެވޭނެ ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަ މީހަކާއި ދެކޮޅަށް މަސައްކަތް ކުރާކަށް
އެއީ މީހުންނަށް ދައްކާ ދަޅައެއް

ވެރިކަން ކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ރޫޅިގެން ނުދާނެކަމަށާއި، ދައްކަވަމުން ގެންދަވަނީ ޝޯ ޕީސްއެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމަށް ދެއްވި އިންޓަރވިއުއެއްގައި އެމްޑީޕީ ރޫޅިގެން ހިނގައިދާނެތޯ ދެންނެވި ސުވާލުގެ ޖަވާބުގައި ގާސިމް ވިދާޅުވީ އެއީ "އިޓް އިސް ޖަސްޓް ޝޯ" އެއް ކަމަށެވެ.

ހަމަ ޝޯ ޕީސްއެއް އެއީ ހަމަ. އަޅުގަނޑު ގަބޫލުކުރާގޮތުގައި އެއިން އެއްވެސް ބޭފުޅަކަށް އެފޯޑެއް ނުކުރެވޭނެ ރިޔާސީ ކެންޑިޑޭޓަކަށް ނުކުންނަ މީހަކާއި ދެކޮޅަށް މަސައްކަތް ކުރާކަށް. 'އިޓް އިސް ދޭ ޑޯންޓް ހޭވް ދަ އެބިލިޓީ'. އެއްވެސް ހަކަތައެއް ނުހުންނާނެ އެކަން ކުރައްވާކަށް. އަދި ކޮށްގެން ލިބޭނެ މޮޅެއް ވެސް ނޯންނާނެ. ކަނޑައެޅިގެން ޒީރޯ. އެއީ މީހުންނަށް ދައްކާ ދަޅައެއް. އެއްގޮތަކަށް ވެސް އެއީ ހަގީގަތެއް ނޫން. އެއީ ސިޔާސީ ޑްރާމާއަކަށްވުރެ ވެސް ބޮޑު ޑްރާމާއެއް. ސިޔާސީ މަސްރަހަށް ވިސްނާލާއިރު އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ އެކަމެއް.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުކަން ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ލިބިވަޑައިގަންނަވާނެކަމަށް ވަރަށް ބޮޑަށް ވިސްނަވައިގެން ހުންނެވިކަމަށެވެ. އަދި އެހެން ބޭފުޅުން ވެސް ވިސްނަވައިގެން ތިއްބަވަނީ އެހެންކަމަށާއި، ސަބަބަކީ އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ކަމަށެވެ.

ގާސިމް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާނެކަމަށް ވިދާޅުވެފައިވި ނަމަވެސް، އަދި ވާދަކުރެއްވިޔަސް އެމަނިކުފާނަށް [ވެރިކަން] ލިބިވަޑައިނުގަންނަވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ކުރިމަތި ނުލައްވަފާނެ ކަމަށާއި، ކުރިމަތި ލެއްވިޔަސް އަދި ނުލެއްވިޔަސް އެމަނިކުފާނަށް [ވެރިކަން] ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ލިބުނިއްޔާވެސް ދެ ބޭފުޅުންކުރެ އެއްބޭފުޅަކު ޖެހޭނީ އަނެއް ބޭފުޅަކަށް ތާއިދުކުރަން. އެމްޑީޕީން ވެރިކަން ގެއްލިގެންދާކަށް އެ ބޭފުޅުންނަށް އެފޯޑެއް ނުކުރެވޭނެ. އެހެންވިއްޔާ ދެން ލިބޭނެ ނިކަމެތިކަން މާބޮޑުވާނެ. މިއީ ވަރަށް ސާފުކޮށް ފެންނަން އޮތް އެއްޗެއް. 2 އާއި 2 އެއްކުރީމަ 4 ވާހެން، 2 އާއި 3 އެއްކުރީމާ 5 ވާހެން މިއީ އެނގެން އޮތް އެއްޗެއް. މިއީ ދެން މީހުން ކަނޑުކޮހަށް ގޮވުނީމަ މިއާ ދޭތެރޭގައި ވިސްނާލަންވެސް ނުޖެހޭނެ. ކޮންމެ ވާހަކައެއް ދެއްކިޔަސް އެންމެ ފަހުވަގުތުގެ ކުރިން އަރާނެ އެއްގަލަކަށް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

އެމްޑީޕީ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ރައީސް ނަޝީދާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ވަކިން ހާއްސަކޮށް ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ދެ ބޭފުޅުންގެ ހިޔާލުފުޅު ތަފާތެވެ. އަދި ސަރުކާރު ހިންގަމުން އަންނަ ގޮތާމެދު ރައީސް ނަޝީދުގެ ފާޑުކިއުން އަމާޒުވެފައިވާއިރު، ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް ސާލިހު ވަޑައިގެންނެވުމަކީ އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ރައީސް ސާލިހު ވަނީ ކޯލިޝަނަކާއެކު ދެވަނަ ދައުރަކަށް ވަޑައިގެންނެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. އަދި އެމަނިކުފާނަކީ އެމްޑީޕީއަށް އޮތް ޗޮއިސްކަމަށް ވެސް ވިދާޅުވެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް