Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 11:34
ރައީސް، ސެންސަސް 2022ގެ ޓީމާ ބައްދަލުކުރައްވަނީ
ރައީސް، ސެންސަސް 2022ގެ ޓީމާ ބައްދަލުކުރައްވަނީ
ރައީސް އޮފީސް
ސެންސަސް 2022
ބޯހިމެނުމުގެ މަސައްކަތަށް އެންމެންވެސް އެއްބާރުލުންދިނުމަށް ރައީސް އެދިވަޑައިގެންފި
ބޯހިމެނުމުގެ މަސައްކަތުގެ ދަށުން ލިސްޓިންގެ މަސައްކަތް ވަނީ ފަށާފައި
ތަފްސީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށް
ރައީސް ވަނީ ބޯހިމެނުމުގެ ކަންކަމުގައި އަމަލީ ކޮށް އުޅޭ ފަރާތްތަކާ ބައްދަލު ކުރައްވާފައި

ބޯހިމެނުމުގެ މަސައްކަތްކުރާ ފަރާތްތަކުން ކުރިއަށްގެންދަނީ ބުރަ އަދި މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރައްވައި، އެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ އަންގާރަ ދުވަހުގެ ހެނދުނު ބޯހިމެނުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، ދަރުބާރުގެއަށް ވަޑައިގެން، ބޯހިމެނުމުގައި ޢަމަލީގޮތުން މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ފަރާތްތައް ކުރާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ބޯހިމެނުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށްގެންދާތަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަޑައިގެން އެމަނިކުފާނު ވަނީ ވަކިވަކީން އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެ ފަރާތުންނެވެ. މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްސީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ.

މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް