Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2022 | ހޯމަ 20:43
ރައީސް، ވިއަވަތި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުން
ރައީސް، ވިއަވަތި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަތުން
ރައީސް އޮފީސް
ވިއަވަތި ކޮންފަރެންސް
ވިއަވަތި ކޮންފަރެންސް ނިންމަވާލައްވައި، ރައީސް މާލެ ވަޑައިގަންނަވައިފި
ވިއަވަތި ކޮންފަރެންސް ކުރިއަށްދިޔައީ 2 ދުވަހަށް، ލ. ގަމުގައި
މިއީ މި ސަރުކާރުން ބޭއްވި 3 ވަނަ ވިއަވަތި ކޮންފަރެންސް

ލ. ގަމުގައި ކުރިއަށްގެންދިޔަ 3 ވަނަ ވިއަވަތި ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މާލެ ވަޑައިގެންފިއެވެ.

މިމަހުގެ 11ން 12ށް ކުރިޔަށްގެންދިޔަ މި ކޮންފަރެންސް ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ކޮންފަރެންސްގެ ބޭނުމަކީ; ލާމަރުކަޒީ ނިޒާމަށް ގެންނެވި ބަދަލުތައް ތަންފީޒު ކުރެވެމުންދަނީ ރައްޔިތުން އެދޭގޮތަށްތޯ ދެނެގަނެ، ރައްޔިތުންގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވައިގެން މުޅި ނިޒާމު ފުރިހަމަކުރެއްވުން ކަމުގައި ވިދާޅުވެފައެވެ.

މި ކޮންފަރެންސް ފެށުމުގެ ކުރިން، ކޮންފަރެންސްގެ ބައިވެރިންނަށް އަމާޒުކޮށްގެން، ގުޅުން ބަދަހިކުރުމުގެގޮތުން ސްޕޯޓްސް ފެސްޓިވަލެއް ކުރިއަށްގެންދިޔައެވެ.

Advertisement

މި ފަހަރުގެ ކޮންފަރެންސްގައި، ސަރުކާރުގެ އިސްބޭފުޅުންނާއި، ސަރުކާރުގެ ކުންފުނިތަކާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް ހިމެނޭހެން ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ 107 ބޭފުޅުން ހިމެނެއެވެ.

ދެދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ކޮންފަރެންސްގައި، 4 ސެޝަނެއް ކުރިޔަށް ގެންދިޔައެވެ. އަދި ކޮންމެ ސެޝަނެއްގައިވެސް ޕްރެޒެންޓޭޝަންތައް ހުށަހަޅައި މަޝްވަރާތައް ބޭއްވިއެވެ.

މި ސެޝަންތަކުގައި މަޝްވަރާކުރެވުނު މައުލޫތަކުގެ ތެރޭގައި; މިންތީގެ ހަމަހަމަކަމާއި، ބިނާވެށީގެ ޕްލޭން އެކުލަވާލައި ތައްޔާރުކުރުމާއި، ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމާއި، ވިލުންވެރި މުޖުތަމައެއް ބިނާކުރުން ހިމެނެއެވެ. މި ސެޝަންތަކުގައި ކައުންސިލްތަކުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން، އެބޭފުޅުންގެ ޚިޔާލާއި، ހުރި މައްސަލަތަކާއި ކަންބޮޑުވުންތައް ހުށަހަޅުއްވައި، ސީދާ ރައީސުލްޖުމްހޫރިއްޔާއާއި އަދި ސަރުކާރުގެ މަތީފެންވަރުގެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް