ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއެކު ކުރިއަށްގެންދެވެނީ ވަރަށް ގިނަބައެއް ގުޅިގެން ކުރާ މަސައްކަތުން ކަމަށް ގދ އަތޮޅު ކައުންސިލްގެ ރައީސް ފައިހަތު ގުދުރަތުالله ވިދާޅުވެއްޖެއެވެ.
މުބާރާތާއި ގުޅޭގޮތުން ވާހަކަދައްކަމުން ފައިހަތު ވިދާޅުވީ މި މުބާރާތް ކުރިއަށް ގެންދިއުމަށްޓަކާ ވަރަށް ގިނަ އިދާރާތަކެއްގެ ފަރާތުން ފުރިހަމަ އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން މި މުބާރާތަށް މާލޭ ސިޓީ ކައުންސިލް ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފައިހަތު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން, މުބާރާތުގައި ބައިވެރިވުމަށް ތިނަދޫއަށް ދަތުރުކުރި ފަރާތްތަކަށް މެހެމާންދާރީ އަދާކުރުމުގައި ގދ އަތޮޅު ކައުންސިލާއި ގުޅިގެން ތިނަދޫގެ ހުރިހާ އިދާރާތަކުން ދިން އެއްބާރުލުން ފާހަގަކުރެއްވިއެވެ. ފައިހަތު ވަނީ މި މުބާރާތް އިންތިޒާމުކުރުމުގައި ރައުހަތު ސްޕޯޓްސް ކްލަބުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާފައެވެ.
މުބާރާތް އިންތިޒާމުކުރުމަށް ގދ އަތޮޅު ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތާއި ގުޅޭގޮތުން ރައުހަތު ސްޕޯޓްސް ކްލަބުގެ ރައީސް ރައުހަތު ގުދުރަތުالله ވިދާޅުވީ ކޮންމެ މަސައްކަތެއްވެސް ކުރަންވީ އަމިއްލަ އަދި ގައުމީ މަސައްކަތެއްގެ ގޮތުގައި ދެކިން, އިޖުތިމާއީ ރޫހެއްގައި ކަމަށެވެ. އަދި މި މުބާރާތް އެހާ ކާޏިޔާބުކަމާއެކު ކުރިއަށް ގެންދެވުމުގެ ސިއްރަކީވެސް އެއީ ކަމަށް ރައުހަތު ވިދާޅުވިއެވެ.
ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި 24 ސްކޫލަކުން ވާދަކުރެއެވެ. މުބާރާތް ކުރިއަށްދާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.