ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 15:52
ޕޮލިސް ކަސްޓޯޑިއަލްގެ މަންޒަރެއް - މި މައްސަލައިގައި ދައުވާލިބޭ ފަރާތްތައް މިހާރު ތިބީ ކަސްޓޯޑިއަލް ޖަލެއްގައި
ޕޮލިސް ކަސްޓޯޑިއަލްގެ މަންޒަރެއް - މި މައްސަލައިގައި ދައުވާލިބޭ ފަރާތްތައް މިހާރު ތިބީ ކަސްޓޯޑިއަލް ޖަލެއްގައި
ޓްވިޓަރ
އީދު ދުވަހުގެ މާރާމާރީ
އީދު ދުވަހުގެ މާރާމާރީ: އަދިވެސް ރިމާންޑު ޖަލަކަށް ބަދަލު ނުކުރެވޭތީ ދިފާއުގެ ކަންބޮޑުވުން
މި އަޑުއެހުމުގައި ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ނެރުއްވާފައި
މި މައްސަލައިގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވޭ

ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނު ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހުން ރިމާންޑު ޖަލަކަށް ބަދަލު ކޮށްފައިނުވާތީ ދިފާއުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާދިއްތަ ދުވަހު ވަނީ މި މައްސަލައިގައި ސ ހުޅުދޫ ނާދީ މުނާޒު ޖައުފަރާއި، ގއ މާމެންދޫ ގުލޭނޫރަންމާގޭ އަޙުމަދު ރަބީއުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފައެވެ.

މި މައްސަލައިގައި މުނާޒު ޖައުފަރުގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާއެވެ. މާރާމާރީ ހިންގުމުގެ ދައުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ޙުކުމެއް އަންނާނެއެވެެ. 

އަޙުމަދު ރަބީއުގެ މައްޗަށް އުފުލާފައިވަނީ މީހަކަށް ނުރައްކާތެރި ހާނީއްކައެއްވާގޮތަށް ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ. މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެއްޖެނަމަ އަންނާނީ 7 އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ޙުކުމެކެވެ.

Advertisement

މި މައްސަލައިގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވާއިރު، 7 ސެޕްޓެމްބަރުގައި އެ ދައުވާތަކުގ ގުޅޭ އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ދިފާއުން ވަނީ ދައުވާލިބޭ ފަރާތްތައް ރިމާންޑް ޖަލަކަށް ބަދަލު ކުރެވިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެކަމާ ގުޅިގެން ދައުލަތުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްއަށް ސިޓީވެސް ފޮނުވާފައިވާނެ ކަމަށެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައިވެސް ދިފާއީ ވަކީލު ޝަޒްމީ އަހުމަދު ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކަރެކްޝަންސްއިން އެކަމާ ގުޅޭގޮތުން އަދި ޖަވާބެއް ދީފައިނުވާ ކަމަށާއި، ދައުލަތުން އަނެއްކާވެސް ސިޓީއެއް ފޮނުވާނެ ކަމަށެވެ.

ދައުލަތުން އެދިފައިވާ ގޮތަށް މި އަޑުއެހުމުގައި ވަނީ ހެކި ރައްކާތެރި ކުރުމުގެ އަމުރެއްވެސް ނެރުއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް