Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2022 | އާދީއްތަ 07:06
މެރިޓައިމް ސޭފްޓީ އެވެއާނެސް ޕްރޮގުރާމް
މެރިޓައިމް ސޭފްޓީ އެވެއާނެސް ޕްރޮގުރާމް
އެމްއެންޑީއެފް
ކަނޑުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުން
ކުރަމަތި ރިސޯޓުގެ މުވައްޒަފުންނަށް މެރިޓައިމް ސޭފްޓީ އެވެއާނެސް ޕްރޮގްރާމެއް ފަށައިފި
މި ޕްރޮގްރާމުގައި 58 މުވައްޒަފަކު ބައިވެރިވި

އެމްއެންޑީއެފް ކޯސްޓްގާޑު ޓްރެއިނިންގ ޑިވެލޮޕްމަންޓް އެންޑް ރިސާޗް ޑިޕާޓްމެންޓުން ކުރަމަތި އައިލެންޑް ރިޒޯޓުގެ މުވައްޒަފުންނަށް، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް ހިންގާ މެރިޓައިމް ސޭފްޓީ އެވެއާނެސް ޕްރޮގުރާމް ފަށައިފިއެވެ.

ހަ ދުވަހުގެ މުއްދަތަށް ހިންގާ މި ޕްރޮގްރާމުގައި އެ ރިޒޯޓުގެ 58 މުވައްޒަފަކު ވަނީ ބައިވެރިވެފައެވެ.

Advertisement

މި ޕްރޮގުރާމްގައި އުނގަންނައިދެވޭ ބައިތަކުގެ ތެރޭގައި ޖެނެރަލް އެވެއާނެސް، ފަސްޓްއެއިޑް، ޝިޕް ބޯޑް ޑްރިލްއާއި ނެވިގޭޝަން ޗާޓްސްގެ ބައިތައް ހިމެނެއެވެ. މީގެ އިތުރުން ކަނޑުމަތީގައި ދިމާވާ އެކިއެކި ހާލަތްތަކުގައި އަމަލު ކުރާނެގޮތްތަކާއި ރެސްކިޔު ސްވިމިންގެ ބައިތައް ވެސް މި ޕްރޮގްރާމުގައި އުނގަންނައި ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ޕްރެކްޓިކަލް އެކްސަސައިޒްތަކެއް ވެސް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގެ މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް