ސަރުކާރުން ހިންގާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ތެރެއިން މިހާތަނަށް 4.7 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓު ހިންގާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތުގައި ހިންގާފައިވަނީ 3.1 ބިލިއަން ރުފިޔާގެ މަޝްރޫއެވެ.
މިއަހަރުގެ މިހާތަނަށް ހިންގާފައިވާ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނެނީ:
- ގައުމީ ސަލާމަތާއި ގުޅުންހުރި 29.5 މިލިއަން ރުފިޔާގެ މަޝްރޫއު
- ސިއްހީ ދާއިރާގެ 108.5 މިލިއަން ރުފިޔާގެ މަޝްރޫއު
- ތައުލީމީ ދާއިރާއާގެ 243.8 މިލިއަން ރުފިޔާގެ މަޝްރޫއު
- ތިމާވެށި ހިމާޔަތްކުރުމުގެ 497.9 މިލިއަން ރުފިޔާގެ މަޝްރޫއު
- ފެނާއި ނަރުދަމާގެ 884.1 މިލިއަން ރުފިޔާގެ މަޝްރޫއު
- ދަތުރުފަތުރުގެ 1.5 ބިލިއަން ރުފިޔާގެ މަޝްރޫއު
- އޮފީސް އިމާރާތް ކުރުމަށް 55.8 މިލިއަން ރުފިޔާ މަޝްރޫއު
- ބޯހިޔާވަހިކަމުގެ 477 މިލިއަން ރުފިޔާގެ މަޝްރޫއު
- އިޖުތިމާއީ އަދި ދީނީ ޚިދުމަތްތަކަށް 185.3 މިލިއަން ރުފިޔާގެ މަޝްރޫއު
- ބިން ހިއްކުމާއި، މަގު ހެދުމުގެ 718.2 މިލިއަން ރުފިޔާގެ މަޝްރޫއު
- މަސްވެރިކަމާއި ދަނޑުވެރިކަމަށް 14 މިލިއަން ރުފިޔާގެ މަޝްރޫއު
- އެހެނިހެން 15.5 މިލިއަން ރުފިޔާގެ މަޝްރޫއު
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާގޮތުން މިހާތަނަށް އައިއިރު ދައުލަތުން ކުރި ޚަރަދު ވަނީ 24.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރޭގައި ރިކަރަންޓް ޚަރަދުގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ހިމެނެއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމެނެއެވެ.