ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 21:57
ރަސްފަންނު
ރަސްފަންނު
ރާއްޖެއެމްވީ
އިންސާނީ ތަރައްގީގެ މިންގަނޑު
އިންސާނީ ތަރައްގީގައި ރާއްޖެއަށް 13 ދަރަޖައިގެ ކުރިއެރުމެއް!
އޭޝިއާ ސަރަހައްދުން ރާއްޖެ ވަނީ 3 ވަނައަށް އެންމެ މަތީ ގައުމުގެ ގޮތުގައި ހިމެނިފައި
ރާއްޖެ ވަނީ، އިންސާނީ ތަރައްގީގެ މިންގަނޑު މަތީ ގައުމުތަކުގެ މެދުގައި ހިމެނިފައި

ޔޫއެންޑީޕީން އާންމުކުރާ ހިއުމަން ޑިވެލޮޕްމަންޓް އިންޑެކްސް (އެޗްޑީއައި) ގައި، 2021 ވަނަ އަހަރު ރާއްޖެއަށް 13 ދަރަޖައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.

2021 ވަނަ އަހަރުގެ އިންސާނީ ތަރައްގީގެ މިންގަނޑުގައި 191 ގައުމުގެ ތެރެއިން ދިވެހިރާއްޖެ ހިމެނިފައިވަނީ 90 ވަނައިގައެވެ. 2020 ވަނަ އަހަރާ އަޅާ ބަލާއިރު 2021 ވަނަ އަހަރު ރާއްޖެއަށް ވަނީ 13 ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. 2020 ވަނަ އަހަރު ރާއްޖޭގެ އިންސާނީ ތަރައްގީގެ މިންގަނޑަކީ 0.734 އެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި އިންސާނީ ތަރައްގީގެ މިންގަނޑު އެންމެ ރަނގަޅު ގައުމަކީ ސްރީ ލަންކާއެވެ. ލަންކާ އޮތީ 73 ވަނައިގައެވެ. ދެވަނައިގައި އޮތީ އިރާނެވެ. އެއީ 76 ވަނައެވެ. އަދި މި ސަރަހައްދުން އިންސާނީ ތަރައްގީ ތިންވަނައަށް އެންމެ ރަނގަޅު ގައުމުގެ ގޮތުގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެ ވަނީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް މި މިންގަނޑު މަތީ ގައުމުތަކުގެ ތެރޭގައި ހިމެނިފައެވެ.

އިންޑެކްސްއަށް ބަލާއިރު، 1990 ވަނަ އަހަރުގެ ފަހުން، ދިވެހިރާއްޖޭގައި މީހުން ދިރި ތިބޭ އާންމު އުމުރު 12.4 އަހަރު އިތުރުވެފައިވެއެވެ. އަދި ގްރޮސް ނޭޝަނަލް އިންކަމް (ޖީއެންއައި) ނުވަތަ ބޮލަކަށް ޖެހޭ ނިސްބަތް 55 އިންސައްތަ އިތުރުވެފައިވެއެވެ.

އެޗްޑީއައި އަކީ ގައުމެއްގައި ސިއްހަތާއި، ތައުލީމު އަދި ދިރިއުޅުމުގެ ފެންވަރު ވަޒަންކުރާ މިންގަނޑެކެވެ. މީގެ ތެރެއަށް ގައުމުން ކާބަންޑައިއޮކްސައިޑް ބޭރުކުރާ މިންވަރާއި، ކޮންމެ މީހެއްގެ ނިސްބަތުން ގުދުރަތީ ވަސީލަތްތައް ބޭނުންކުރާ މިންވަރު ނުވަތަ”މެޓީރިއަލް ފުޓްޕްރިންޓް“ މި ދެ ކަންތައް އިތުރުކުރުމުން، އާންމުކޮށް އިންސާނުންނާއި ދުނިޔޭގެ ދުޅަހެޔޮކަމަކީ އިންސާނީ ކުރިއެރުންމިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ކަންކަން ކަމުގައި ބަލައިފިނަމަ ބައިނަލްއަގުވާމީ ތަރައްގީ ބަލާ ގޮތް ދައްކުވައިދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނެރެވޭ ޕްލެނެޓަރީ-ޕްރެޝަރސް އެޖަސްޓެޑް އެޗް.ޑީ.އައި. ނުވަތަ ޕީ.އެޗް.ޑީ.އައި. ގެ ސަބަބުން އެދެވޭމަންޒަރަކަށް ނުވިނަމަވެސް، އިންސާނީ ކުރިއެރުމުގެ މާ ސާފު ތަސައްވަރު ދައްކުވައިދެއެވެ.

- ކޮމެންޓް