Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 23:29
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރާނީ އެލިޒަބަތު އަވަހާރަވުން
ރާނީ އެލިޒަބަތު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ
ރައީސް ތައުޒިޔާ ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި
ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށް ވިދާޅުވި

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާނީ އެލިޒަބަތު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުގައި ކަމަށެވެ. ރާނީ އެލިޒަބަތަކީ އިނގިރޭސިވިލާތަށްޓަކައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ނަމޫނާ ކަނބަލެއްކަަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

ރާނީ އަވަހާރަވެފައިވަނީ ބަލްމޯރަލްގައި ހުންނަ ޝާހީ ގަނޑުވަރުގައި، އާއިލާ ބޭފުޅުންގެ ހާޒިރުގައިކަމަށް، ރާނީ އަވަހާރަވިކަން އިއުލާންކުރުމަށް ބަކިންހަމް ޕެލެސްއިން ކުރި އިއުލާނުގައި ވަނީ ބުނެފައެވެ. އިނގިރޭސި ރާނީ އަވަހާރަވި ޚަބަރު އިއުލާންކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖޭ ގަޑިން 9.30ހާއިރުއެވެ.

ރާނީގެ ސިއްޙީ ހާލުކޮޅު ގޯސްކަމަށް ޚަބަރު ލިބުމާއެކު، ބުރާސްފަތި ދުވަހުގެ ހަވީރުން ފެށިގެން ޝާހީ ގަނޑުވަރު ދޮށަށް، އެކަމަނާއަށް ތާއީދުކުރާ މީހުން ދިޔައީ އެއްވަމުންނެވެ. ރާނީ އެލިޒަބަތު އަވަހާރަވިއިރު އުމުރުފުޅުން 96 އަހަރުފުޅެވެ. އެކަމަނާ ރަނިކަމާ ހަވާލުވެވަޑައިގަތީ އުމުރުފުޅުން 25 އަހަރުފުޅުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް