ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 15:20
ރާއްޖެއާއި ބުރުނާއީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއާއި ބުރުނާއީ ބައްދަލުކުރި މެޗުގެ ތެރެއިން
އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕް
ދެވަނަ މެޗުގައި ބުރުނާއީ އަތުން ބަލިވިނަމަވެސް، ރާއްޖެއިން ރަނގަޅު ކުޅުމެއް ދެއްކި
 
ދެވަނަ މެޗުގައި ބުރުނާއީން ރާއްޖޭގެ މައްޗަށް ކުރިހޯދީ 50-40ން

އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގެ ދެވަނަ މެޗުގައި ބުރުނާއީ އަތުން ރާއްޖެ ބަލިވެއްޖެއެވެ.

ދެ ވަނަ ބުރުގެ ފުރަތަމަ މެޗުގައި ރާއްޖެއިން ވަނީ ފިލިޕީންސް އަތުންވެސް ބަލިވެފައެވެ. ނަމަވެސް މި މެޗުގައި ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ދެ ވަނަ މެޗުގައި ބުރުނާއީ އަތުން ބަލިިވިނަމަވެސް ރާއްޖެއިން ވަނީ ޖުމްލަގޮތެއްގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ.

ދެވަނަ މެޗުގައި ބުރުނާއީން ރާއްޖޭގެ މައްޗަށް ކުރިހޯދީ 50-40ންނެވެ. ވާދަވެރިކޮށް ދިޔަ މެޗުގެ ފުރަތަމަ ކުއާޓަރ ނިމުނުއިރު ބުރުނާއީން ލީޑުކުރަމުން ދިޔައީ 10-09ގައެވެ. ދެވަނަ ކުއާޓަރއަށް ނުކުމެ ރާއްޖެއިން ކުޅުން ރަނގަޅުކޮށް، މެޗުގެ ނަތީޖާ ހަމަހަމަވެސް ކުރިއެވެ. އޭގެފަހުން ބުރުނާއީން ވަނީ އަނެއްކާވެސް ލީޑު ނަގާފައެވެ. ލީޑުގައި އޮވެ ބުރުނާއީން ކުޅެމުން ދިޔަނަމަވެސް ދެ ވަނަ ކުއާޓަރ ނިމުނުއިރު ރާއްޖެއިން ވަނީ 21-21ން ނަތީޖާ ހަމަހަމަކޮށްފައެވެ.

ތިންވަނަ ކުއާޓަރއަށް ނުކުމެ ރާއްޖެއިން ވަނީ ލީޑުވެސް ނަގާފައެވެ. 25-23ން ރާއްޖެއިން ލީޑު ހޯދިނަމަވެސް ބުރުނާއީން ވަނީ އެއްވަރުކޮށް، އަލުން ލީޑު ހޯދާފައެވެ. ބުރުނާއީން ލީޑު ފުޅާކުރަމުން ދިޔަނަމަވެސް ރާއްޖެއިން ވަނީ އަރާ ހަމަވުމާ ގާތްކޮށްފައެވެ. ތިންވަނަ ކުއާޓަރ ބުރުނާއީން ނިންމާލީ 34-33ން ލީޑުގައި އޮވެއެވެ. ބުރުނާއީން ލީޑު އިތުރަށް ފުޅާކޮށްފައިވަނީ ފަހު ކުއާޓަރގައެވެ. މި ކުއާޓަރ ނިންމާލިއިރު، ބުރުނާއީން މެޗު ކާމިޔާބުކުރީ 50-40ންނެވެ.

މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ހުކުރު ދުވަހު ފިލިޕީންސާ ދެކޮޅަށް ކުޅޭ މެޗާއި، އާދީއްތަ ދުވަހު ބުރުނާއީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް