ކ. މާލެ
|
24 ނޮވެންބަރ 2023 | ހުކުރު 06:14
ރާއްޖެ އައި ނެޓްފިޓް އޮސްޓްރޭލިޔާ ޓީމާ ރާއްޖޭގެ ކޯޗުން
ރާއްޖެ އައި ނެޓްފިޓް އޮސްޓްރޭލިޔާ ޓީމާ ރާއްޖޭގެ ކޯޗުން
ގްރީން ނެޓްބޯޅަ ކެމްޕެއިން
ނެޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަނުންނާއެކު ގްރީންއިން ވަރުގަދަ ކެމްޕެއިނެއް!
ބައެއް ރަށްތަކުގައިވެސް ކެމްޕެއިން ކުރިއަށްގެންދާނެ

ނެޓްބޯޅައިގެ ދުނިޔޭގެ ޗެމްޕިއަނުންނާއެކު ރާއްޖޭގެ ކްލަބް ގްރީން ސްޓްރީޓްސް އިސްވެ އޮވެ, އަންހެނުންނަށް އަމާޒުކޮށް ވަރުގަދަ ކެމްޕެއިނެއް ފަށައިފިއެވެ.

"އަންހެނުންނަށް ވާނެ" ޝިއާރުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނަކީ ނެޓްބޯޅައިގެ ތެރެއިން އަންހެނުންނަށްވެސް ވާނެކަން ބުނެދީ, އަންހެނުންނަށް ހިތްވަރާއި އުއްމީދު ހޯދައިދިނުމުގެ ކެމްޕެއިނެކެވެ. ކެމްޕެއިންގައި ބައިވެރިވަނީ އޮސްޓްރޭލިޔާގެ ނެޓްފިޓެވެ. މީގެއިތުރުން ގްރިންއާއެކު މިކެމްޕެއިންގައި ބައިވެރިވަނީ އެމްވީ ނެޓާރސްއެވެ. އޮސްޓްރޭލިޔާގެ ނެޓްފިޓާއެކު ރާއްޖެ އައި ޗެމްޕިއަނުންގެ ތެރޭގައި ދެފަހަރު އޮސްޓްރޭލިޔާ ގައުމީ ޓީމާއެކު ނެޓްބޯލް ވަރލްޑްކަޕް ހޯދި ޓީމްގެ ކެޕްޓަން ޝާނީ ލޭޓަން ހިމެނެއެވެ. މީގެއިތުރުން މިޓީމްގައި ތިން ޗެމްޕިއަންޝިޕް ހޯދި އެންމެ މަތީ ފަންތީގެ އެއް ކުޅުންތެރިޔާ ސަރާ ހިމެނެއެވެ. އޭނާއަކީ ނެޓްފިޓް އޮސްޓްރޭލިޔާގެ މަސްއޫލުވެރިޔާއެވެ.

މިކެމްޕެއިންގެ މައިގަނޑު ބޭނުމަކީ އަންހެނުންނަށް ހިތްވަރާއި އުއްމީދު ހޯދައިދިނުންކަމަށް ކްލަބް ގްރީން ސްޓްރީޓްސްއިން ބުންޏެވެ. ހުނަރު ދެނެގަނެ, ގޮންޖެހުންތައް ގިރާކޮށް އިތުބާރު އުފައްދަން އެހީތެރިވުމެވެ. އަންހެނުން ބާރުވެރިކޮށް, ވާނެކަން ވިސްނައިދިނުމަށް ނެޓްބޯޅައިގެ ތެރެއިން ކުރިއަށް ގެންދާ މިކެމްޕެއިން އެހީވެދޭނެކަމަށްވެސް ގްރީންއިން ބުންޏެވެ.

ނެޓްފިޓް އޮސްޓްރޭލިޔާއާ ގުޅިގެން ކުރިއަށްގެންދާ މިހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްޞަ ސެޝަންތައްވެސް ހިމެނެއެވެ. މީގެއިތުރުން ކޯޗުންނާއި, ޢާއްމުންނަށްވެސް ސެޝަންތަކެއް ކުރިއަށް ގެންދެއެވެ. އަދި ބައެއް ރަށްތަކުގައިވެސް މިކެމްޕެއިން ކުރިއަށް ގެންދިއުމަށް ވަނީ ނިމްމާފައެވެ. މިކެމްޕެއިން ކުރިއަށް ގެންދަނި ނެޓްބޯޅަ އެސޯސިއޭޝަނާވެސް ގުޅިގެންނެވެ. މިއީ ރާއްޖޭގައި ކުރިއަށް ގެންދާ ނެޓްބޯޅައިގެ މިފަދަ އެންމެ ބޮޑު ހަރަކާތެވެ. އަދި ރާއްޖެ އައި ނެޓްބޯޅައިގެ އެންމެ ވަރުގަދަ ޗެމްޕިއަނުންވެސް ހިމެނެނީ މިޓީމްގައެވެ. ރާއްޖޭގެ ނެޓްބޯޅަ ކުޅުންތެރިންނާއި ކޯޗުންނަށް މިއީ ވަރަށް ބޮޑު ތަޖުރިބާއެކެވެ.

- ކޮމެންޓް