Advertisement
ކ. މާލެ
|
8 ސެޕްޓެންބަރ 2022 | ބުރާސްފަތި 11:28
ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ސޯޝަލްމީޑިއާ
އަލަމްގީރުގެ މައްސަލަ
އަލްމްގިރްއާއެކު ބަދުއަޚުލާޤީ އަމަލު ހިންގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި
3 މީހަކު ކޯޓު އަމުރެއްގެ ދަށުން 6 ސެޕްޓެމްބަރު 2022 ގައި ހައްޔަރު ކޮށްފައިވޭ
އަލަމްގީރް އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެއް

ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރު އާއިއެކު ބަދު އަހުލާގީ އަމަލު ހިންގި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަތަކާއި ގުޅިގެން 3 މީހަކު ކޯޓު އަމުރެއްގެ ދަށުން 6 ސެޕްޓެމްބަރު 2022 ގައި ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، 45 އަހަރުގެ މީހާއަށް 5 ދުވަސް، 47 އަހަރުގެ މީހާއަށް 14 ދުވަސް އަދި 49 އަހަރުގެ މީހާއަށް 14 ދުވަސް ދީފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެހެންނަމަވެސް އެމީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

މި މައްސަލައިގައި އަލަމްގީރް ހިމެނޭހެން 4 މީހެއްގެ މައްޗަށް މިހާތަނަށް ދައުވާ އުފުލާފައިވާއިރު، 31 އޯގަސްޓުގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އަލަމްގިރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފައެވެ. އެގޮތުން އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

އެ މައްސަލަ ބެއްލެވި ގާޒީ ވަނީ އޭނާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ އަލީ އާދަމްއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް