ކ. މާލެ
|
7 ސެޕްޓެންބަރ 2022 | ބުދަ 15:52
އިސްލާމިކް މިނިސްޓަރު - މުބާރާތުގެ ބައިވެރިންނާއި އެ ބައިވެރިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން
އިސްލާމިކް މިނިސްޓަރު - މުބާރާތުގެ ބައިވެރިންނާއި އެ ބައިވެރިންގެ ބެލެނިވެރިންނާ ބައްދަލުކުރެއްވުން
މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް
ކިންގް ޢަބްދުލް ޢަޒީޒު ޤުރުއާން މުބާރާތް
ކިންގް ޢަބްދުލް ޢަޒީޒު އިންޓަރނޭޝަނަލް ޤުރުއާން މުބާރާތުގައި ރާއްޖޭގެ 2 ބައިވެރިން
މި މުބާރާތުގެ ބައިވެރިން ފުރަން ހަމަޖެހިފައިވަނީ ހުކުރު ދުވަހު
މި މުބާރާތަށް ބައިވެރިން ހޮވީ އޮޑިޝަން ބޭއްވުމަށްފަހު

42 ވަނަ "ކިންގް ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން އޮފް ދަ ހޮލީ ޤުރުއާން"ގައި ރާއްޖެ ތަމްސީލުކުރާ ދެ ބައިވެރިން އަންނަ ހުކުރު ދުވަހު ސަޢޫދީއަށް ފުރަން ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިފަހަރު ރާއްޖެއިން މި މުބާރާތް ތަމްސީލުކުރަނީ އަޙްމަދު ނަބީހު ޢަބްދުލް ޤާދިރުއާއި މުޙައްމަދު ޔޫޝަޢު ބިން ޒަމްޒަމްއެވެ. މި ބައިވެރިންނާއިއެކު ބައިވެރިންގެ ބެލެނިވެރިންވެސް ސަޢޫދީއަށް ފުރުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި މުބާރާތް ކުރިއަށްދާނީ ސެޕްޓެމްބަރު މަހުގެ 10ން 21ށް މައްކާގައެވެ. މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާނެ ފަރާތްތައް ހޮވުމަށް ހުޅުވާލި ފުރުސަތުގައި 6 މީހަކު އެޕްލިކޭޝަން ހުށަހެޅިކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

Advertisement

މިމުބާރާތަށް ބައިވެރިން ހޮވާފައިވަނީ ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރިއަށްގެންދިޔަ އޮޑިޝަނަކުންނެވެ. މި އޮޑިޝަން ކުރިއަށްގެންގޮސްފައިވަނީ ބެލެނިވެރިންގެ ހާޒިރުގައި، ފަނޑިޔާރުންގެ ޕެނަލަކުންނެވެ.

މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ބުދަ ދުވަހު ވަނީ މި މުބާރާތުގައި ރާއްޖޭގެ ފަރާތުން ބައިވެރިވާ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.

މުބާރާތް ނިންމައި ބައިވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 23 ސެޕްޓެންބަރު 2022ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް