ކ. މާލެ
|
3 ސެޕްޓެންބަރ 2022 | ހޮނިހިރު 05:33
އެމެރިކާ ކޯޗު އާއި ފޯވަޑް ޕުލްސިޗް (ކ): އެމެރިކާ ޓީމުގައި ފޯވަޑުން މަދުވާނެ
އެމެރިކާ ކޯޗު އާއި ފޯވަޑް ޕުލްސިޗް (ކ): އެމެރިކާ ޓީމުގައި ފޯވަޑުން މަދުވާނެ
މާސާ
ވޯލްޑްކަޕް
ވޯލްޑްކަޕަށްދާ އެމެރިކާ ޓީމުގައި ފޯވަޑުން މަދުވާނެ: ކޯޗު
 
ކޮންމެ ފޯވަޑަކީ ޓީމުން ޖާގަ ލިބޭނެ މީހެއްނޫން ކަމަށް ކޯޗު ބުނޭ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެކުލަވާލާ އެމެރިކާ ޓީމުގައި ފޯވަޑުން މަދުވާނެ ކަމަށް ކޯޗު ގްރެގް ބްރެހޯލްޓާ ބުނެފި އެވެ.

ގަތަރުގައި އަންނަ ނޮވެމްބަރު މަހު ފަށާ މުބާރާތުގައި އެމެރިކާ ބޭނުންކުރާނެ ޖާޒީ ދައްކާލުމަށް ބޭއްވި އިވެންޓްގައި ކޯޗު ބުނީ ބައެއް ކުޅުންތެރިންނަށް މާޔޫސްކަން ވެރިވެދާނެ ކަމަށެވެ.

"އަހަރުމެން ހުރިހާ ފޯވަޑުން ވޯލްޑްކަޕަށް ނުގެންދާނަން. އެންމެ ގިނަ ވާނީ ފޯވަޑުންނެއް ވެސްނޫން. މިހެންވެ ބައެއް ކުޅުންތެރިން މާޔޫސް ވެދާނެ،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޔޫރަޕުގައި ކުޅޭ އެމެރިކާގެ ކުޅުންތެރިން ތެރޭގައި މޮޅު ކުޅުންތެރިންތަކެއް އެބަތިބި ކަމަށެވެ. ނަމަވެސް މި ހުރިހާ ކުޅުންތެރިންނަކީ ޓީމުން ޖާގަ ޔަގީންވާނެ އެންމެނަށް ނުވާނެ ކަމަށެވެ.

ކޯޗު ބުނީ ޗެލްސީގައި ގަވާއިދުން ނުކުޅުނު ނަމަވެސް ފޯވަޑް ކްރިސްޓިއަން ޕުލްސިޗާމެދު އޭނާ އަށް އިތުބާރު އެބައޮތް ކަމަށެވެ. އަދި އެމެރިކާ ލީގުގައި ގަވާއިދުން ކުޅެމުން އަންނަ ޒުވާން ފޯވަޑް ބްރެންޑަން ވަޒްކުއޭޒަށް ވޯލްޑްކަޕް ޓީމުން ޖާގަ ފައިނަލްނޫން ކަމަށެވެ.

"މިވަގުތު ޕުލްސިޗް ރިދަމް ވަނީ ގެއްލިފައި. އެއީ އޭނާ ގަވާއިދުން ނުކުޅޭތީވެ. ބެންޗުގައި ޗެލްސީގައި އިންނަޖެހޭތީވެ. އެކަމަކު އޭނާ އަކީ އަހަރެން ތަޖުރިބާކޮށްފައިހުރި ކުޅުންތެރިއެއް. އޭނާއާމެދު އަހަރެންނަށް އިތުބާރު އެބައޮތް. އެންމެ މުހިންމީ ގައުމީ ޓީމުގައި ދައްކާ ކުޅުން. ވަޒްކުއޭޒް މިވަގުތު ކުޅެމުންދަނީ ވަރަށް އިތުބާރާއެކު. އެކަމަކު އޭނާ އަކީ އެންމެ މޮޅު ފޯވަޑަށް ނުވެދާނެ. އެއްވެސް މީހަކަށް މޫނަށް ބަލާފައި ޖާގައެއް ނުދޭނަން،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ޓީމު ފައިނަލް ކުރުމުގެ ކުރިން 40 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލާނެ ކަމަށެވެ. އަދި އެއަށްފަހު 26 ކުޅުންތެރިންގެ ފައިނަލް ސްކޮޑް ނަގާނީ މުބާރާތަށް ވީހާ ކައިރިކޮށްފައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
50%
0%
50%
0%
ކޮމެންޓް