ކ. މާލެ
|
2 ސެޕްޓެންބަރ 2022 | ހުކުރު 19:14
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން
މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ ޙުސައިން ރަޝީދު ޙަސަންއާ ސުވާލުކުރެއްވުން
ރައްޔިތުންގެ މަޖިލިސް
ހޮރައިޒަން އިން ހޯޑެއްދޫގައި މަސައްކަތް ކުރިއަށް ނ
ހޯޑެއްދޫގެ އައިސްޕްލާންޓުގެ މަސައްކަތް: މިނިސްޓަރ މަޖިލީހަށް ދެއްވި މައުލޫމާތުގެ ސައްހަކަމާއި މެދު ސުވާލުތަކެއް
ހޮރައިޒަން ފިޝަރީޒް އަކީ ގާސިމް އިބްރާހިމްގެ ކުންފުންޏެއް
އެ މަސައްކަތް ހަވާލުކުރީ 1 އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް
ޑރ.ހުސެއިން އަށް ހޮރައިޒޮންގެ މައްސަލައިގައި މެމްބަރުންގެ ފާޑުކިޔުމާއި ކުރިމަތިލާން ޖެހިވަޑައިގަތް

ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، މަޑަވެލީގައި 3،000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް އެޅުމަށާއި މަަސްގަތުމުގެ މަސައްކަތް ކުރުމަށް އެ މަސައްކަތް ޖޭޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމްގެ ކުންފުންޏެއް ކަމަށްވާ ހޮރައިޒަން ފިޝަރީޒް ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. 2005 ވަނަ އަހަރުގެ އޮގަސްޓް މަހު އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އެ މަސައްކަތަށް ބޭނުންވާ ބިން ހަވާލުކުރާތާ 1 އަހަރު ދުވަހުގެ ތެރޭގައި މަސައްކަތްކޮށް ނިންމާ ގޮތަށެވެ. އެ މަސައްކަތަށް ބޭނުންވާ ބިން ދޫކުރީ 8 ޑިސެމްބަރު 2005ގައި ކަމަށް ވުމާއި އެކު އެ މަސައްކަތް ނިންމަން ޖެހެނީ 7 ސެޕްޓެމްބަރ 2006ގެ ނިޔަލަށެވެ. އެހެންނަމަވެސް އޭގެ ފަހުން 17 އަހަރު ދުވަސް ވޭތުވި އިރުވެސް އެ މަސައްކަތް ނިމިފައެއް ނުވެއެވެ.

މިދިޔަ ހަފްތާގެ ތެރޭގައި މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވި ސުވާލަށް ޖަވާބުދެއްވުމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ވަނީ މަޖިލީހަށް ހާޒިރުވެވަޑައިގަންނަވާފައެވެ. އެ ދުވަހު މިނިސްޓަރ މަޖިލީހުގައި ވާހަކަދެއްކެވި އިރު ވަނީ އެ މަސައްކަތް ނުނިމި ލަސްވި ސަބަބުތައް، މިނިސްޓްރީ އަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ތަފްސީލުކޮށްދެއްވާފައެވެ. އެކި ސަބަބުތަކާއި ހުރެ ތަކުރާރުކޮށް އެކިފަހަރު މަތިން އެ މަސައްކަތް ނިންމުމަށް ހޮރައިޒަން އަށް ވަނީ ފުރުސަތު ދީފައެވެ.

މިނިސްޓަރ ވަނީ  ހޯޑެއްދޫ ބަނދަރު ފުންކުރި އިރު ނެގި ވެލި ކޯލްޑް ސްޓޯރޭޖް އަޅަން ދީފައިވާ ސަރަހައްދުގައި ބަހައްޓާފައި ހުރުމުން މަސައްކަތް ނުކުރެވިވާ ކަަމަށް އެ ކުނފުނިން ވަނީ ކަމާއި ބެހޭ ފަރާތްތަކަށް އަންގާފައި ކަމަށާއި އެ ސަބަބާއި ހުރެ ދަތިތައް ކުރިމަތިވާކަން ހޮރައިޒަން އިން އެންގުމުން އެ ފަހަރު ވެސް މަސައްކަތް ކުރުމަށް ދިން މުއްދަތު އިތުކޮށްދީފައިވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް އެ ތަކެތި ހުރީ ހޮރައިޒޮން ފިޝަރީޒްގެ މަސައްކަތުގެ ސައިޓުން ބޭރުގައި ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޯލްޑް ސްޓޯރޭޖް އަަޅަން ގެންގޮސްފައި ހުރި މުދާތައް 2012 ވަނަ އަހަރު އަންދާލާފައިވުމުން މަސައްކަތް ލަސްވެފައިވާ ކަމަށް ބުނާ އިރު އެ މައްސަލަ އާއި ގުޅިގެން އެ ކުންފުންޏަށް ލިބެން ޖެހޭ އިންޝުއަރެންސް ފައިސާ ހޮރައިޒަން އަށް ލިބިފައިވާ ކަން މަޑަވެލީ ދާއިރާގެ މެމްބަރު ފިރުޝާން ވެސް ވަނީ ފާހަގަކުރައްވާފައެވެ. މަޖިލީހުގައި މިނިސްޓަރ ދެއްކެވި ވާހަކަތަކުގެ ސައްހަކަމާއި މެދު އެދުވަހު ވެސް މެމްބަރުން ސުވާލު އުފެއްދެވިއެވެ. އެހެންނަމަވެސް މިނިސްޓަރ ވަނީ އެމަނިކުފާނު ޖަވާބުދެއްވާފައި ވަނީ މިނިސްޓްރީގެ ލިޔެކިޔުންތަކުން ފެންނަން ހުރި ކަންކަމަށް ބެލުމަށް ފަހުގައިކަން ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން ހޯޑެއްދޫން 8.9 ހެޓަރު ބިމާއި، އެ ބިމާއި އިންވެގެން ހިއްކާފައިވާ 4.5 ހެކްޓަރު ބިން ހިމެނޭ ގޮތަށް، ޖުމްލަ 13.5 ހެކްޓަރު ބިން ވަނީ ހޮރައިޒަން ފިޝަރީޒަށް ކުއްޔަށް ދީފައެވެ.

- ކޮމެންޓް