ކ. މާލެ
|
1 ސެޕްޓެންބަރ 2022 | ބުރާސްފަތި 11:52
ހޮޓެލް އޭޝިއާ 2022
ހޮޓެލް އޭޝިއާ 2022
ރާއްޖެއެމްވީ
ހޮޓެލް އޭޝިއާ 2022
3 އަހަރަށްފަހު ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން އަންނަ މަހު ބާއްވަނީ
ހޮޓެލް އޭޝިއާ އެގްޒިބިޝަން އޮކްޓޯބަރު 10 ގައި ފަށަން ވަނީ ނިންމާފައި
އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖު ފަށަނީ އޮކްޓޯބަރު 9 ގައި
މިއީ ވަރަށް ބޮޑު އިވެންޓަކަށް ވެގެންދާނެ

ދެކުނު އޭޝިއާގެ އެންމެ ބޮޑު ހޮސްޕިޓާލިޓީ ޓްރޭޑްޝޯ، "ހޮޓެލް އޭޝިއާ 2022" 3 އަހަރުގެ މެދުކެނޑުމަކަށްފަހު އަންނަ އޮކްޓޯބަރު މަހު ބާއްވަން ނިންމައިފިއެވެ.

މިއީ ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަންއެވެ. މި އެޑިޝަން ބާއްވަން ހަމަޖެހިފައިވަނީ އޮކްޓޯބަރ 10, 11 އަދި 12 ގައެވެ. އަދި އޮކްޓޯބަރު 9 ވަނަ ދުވަހު ގިނަ ބަޔަކު އިންތިޒާރުކުރާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖުވެސް ފަށަން ވަނީ ނިންމާފައެވެ.

މި އެގްޒިބިޝަން މާލޭ ދަރުބާރުގޭގައި ބާއްވަން ހަމަޖެހިފައިވާއިރު، މި އެގްޒިބިޝަންގައި ހޮރެކާ އިންޑަސްޓްރީގެ މި ސަރަހައްދުިގެ ލީޑަރުންނާއި، މުހިންމު ސްޓޭކްހޯލްޑަރުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދިޮ ކަލިނަރީ ޗެލެންޖުގައި ރާއްޖޭގެ އެތައް ސަތޭކަ ޝެފުންނެއް ބައިވެރިވާނެއެވެ.

ހޮޓެލް އޭޝިއާ މިއަހަރުވެސް އިންތިޒާމުކުރަނީ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް) އަދި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (ލެކްސް) އަދި ބެސްޓެބައި މޯލްޑިވްސްއިން ގުޅިގެންނެވެ. މިއަހަރުގެ އިވެންޓުގެ ރަސްމީ ލޮޖިސްޓިކްސް ޕާޓްނަރުންގެ ގޮތުގައި މަސައްކަތް ކުރާނީ ޓީޓީއެސް މޯލްޑިވްސްއެވެ. އަދި އޮފިޝަން ޑިޖިޓަލް ސަރވިސް ޕްރޮވައިޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ދިރާގުންނެވެ.

މި އެގްސިބިޝަނާ ގުޅޭގޮތުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް (މެކްސް)ގެ ޑިރެކްޓަރ އާސިމް މުޚުތާރު ވިދާޅުވީ 3 އަހަރަށްފަހު މި އެގްޒިބިޝަން ބޭއްވިގެންދާއިރު މިއަހަރުގެ އެގްޒިބިޝަން ވަރަށް ފުޅާކޮށް ކުރިއަށްގެންދަން ރާވާފައިވާކަމަށެވެ. މިއަހަރުގެ އެގްޒިބިޝަންގައި 175 އަށްވުރެ ގިނަ ބޫތާއިސްޓޯލް ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއަހަރުގެ ކަލިނަރީ ޗެލެންޖުގައި 20 ކެޓަގަރީއަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 500 ޝެފުން ވާދަކޮށް 650 ވައްތަރު ހުށަހަޅާނެ ކަމަށް އާސިމް ވިދާޅުވިއެވެ.

ހޮޓެލް އޭޝިއާގެ 16 ވަނަ އެޑިޝަން ބޭއްވިގެންދަނީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމާއެކު މި ދަނޑިވަޅުގައި ހޮޓެލް އޭޝިއާ އެގްޒިބިޝަނާއި ކަލިނަރީ ޗެލެންޖު ބޭއްވުމަކީ އުފާކުރާ ކަމެއް ކަމަށް މެކްސްއިން ބުނެފައިވެއެވެ. އަދި މިއަހަރުގެ އެގްޒިބިޝަންއަކީ ކާމިޔާބު އެގްޒިބިޝަނަކަށް ވެގެންދާނެ ކަންވެސް ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް