ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 14:37
ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ 2 ދިރާސާ މިނިސްޓަރު އިމްރާން ލޯންޗްކޮށްދެއްވަނީ
ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ 2 ދިރާސާ މިނިސްޓަރު އިމްރާން ލޯންޗްކޮށްދެއްވަނީ
ހޯމް މިނިސްޓްރީ
ދިރާސާ ލޯންޗް ކުރުން
ހޯމް މިނިސްޓްރީ އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ 2 ދިރާސާއެއް ލޯންޗުކޮށްފި
ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް ލޯންޗްކޮށްފައިވޭ
ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް ލޯންޗްކޮށްފައިވޭ

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ 2 ދިރާސާއެއް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ ލޯންޗު ކޮށްދެއްވައިފިއެވެ.

ޔޫ.އެސް އެއިޑްގެ އެހީތެރިކަމާއެކު ޓްރާންސްޕޭރެންސީން ކުރިއަށް ގެންދިޔަ މި 2 ދިރާސާއަކީ "ގާނޫނާ ޚިލާފްވާ މީހުންނާއި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އަނބުރާ މުޖުތަމައަށް އައުމަށް ހުރި ފުރުސަތާއި ގުޅޭ ހާލަތު ދެނެގަތުމުގެ ސަރވޭ 2022 ރިޕޯޓް" އަދި "ރާއްޖޭގެ ޖަލުތަކުގައި ހައްދުފަހަނައަޅައި ދިއުން ހިނގާ ގޮތް ދެނެގަތުމުގެ ދިރާސާ ރިޕޯޓް" އެވެ.

ދިރާސާގެ ރިޕޯޓު ލޯންޗް ކޮށްދެއްވުމަށްފަހު މިނިސްޓަރު އިމްރާން ވިދާޅުވީ މިއަދު ލޯންޗުކުރެވުނު 2 ދިރާސާގެ މަސައްކަތަކީ ބޮޑު މަސައްކަތެއް ކަމަށާއި މީގެ 2 އަހަރު ކުރިން މި މަސައްކަތް ފެއްޓެވިއިރު އެކަމުގެ ބޮޑުކަން އެނގިވަޑައިގަންނަވާ ކަމަށާއި މި ފަދަ މަސައްކަތެއް ރާއްޖޭގައި ކުރުމަށްޓަކައި ކުރިމަތިވާނެ ދަތިތަކާއި އުނދަގޫތައް ވަރަށް ބޮޑަށް އިހުސާސް ކުރައްވާ ހާލުގައި ކަމަށެވެ.

އަދި މިއަދު ކަންކަން ޙައްލު ކުރުމުގެ މަސައްކަތާ ކުރިމަތި ލައްވަނީ ކުރިމަތި ވެދާނެ ގޮންޖެހުންތައް ދެނެވަޑައިގަންނަވާ ހާލު، ރާއްޖޭގެ އޮތް ހަގީގަތާ ކުރިމަތިލައިގެން މެނުވީ ރާއްޖެ ހަމަޖެހޭ އަމާން ތަނަކަށް ނުވާނެކަން ޔަގީންވާތީ ކަމަށް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި ހޯމް މިނިސްޓްރީ ގުޅިގެން ކުރިއަށް މި ގެންދިޔަ ދިރާސާއަކީ ވަރަށް މުހިންމު 2 ދިރާސާ ކަމަށާއި މި ދިރާސާގެ އަލީގައި ދިވެހި މުޖުތަމައުގައި ހިމެނޭ އިޖުތިމާއި މައްސަލަތަކާއި ކުށަށް އަރައިގަންނަ ޒުވާނުންނާ ގުޅޭ ތަފްސީލީ މައުލޫމާތު ތަކެއް ލިބިގެން ހިނގައްޖެ ކަމަށެވެ.

އަދި ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ފިޔަވަޅު އަޅަންވީ ދާއިރާތައް ދެނެގަނެވިފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން ގައިދީން، ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުން މަދު ކުރުމާއި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތައް ރިހެބިލިޓޭޓް ކުރުމަކީ މުހިންމު އިސްކަމެއް ދޭންޖެހޭ ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކުށްކުރާ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނެވޭނެ ހަރުދަނާ ނިޒާމެއް ނެތުމަކީ ކުށް މަދު ރައްކާތެރި އަމާން މުޖުތަމައެއް ބިނާ ކުރުމަށް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް