Advertisement
ކ. މާލެ
|
31 އޯގަސްޓް 2022 | ބުދަ 15:28
ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ބަދުއަޚުލާގީ އަމަލު ހިންގި މައްސަލައިގައި ލީކުވި ވީޑީއޯގައި ފެންނަ ކޮޓަރިި
ސޯޝަލްމީޑިއާ
އަލަމްގީރުގެ މައްޗަށް ކުރާ ދައުވާ
އަލަމްގިރް 7 މަހާއި 6 ދުވަހަށް ޖަލަށްލާން ހުކުމްކޮށް، ތައުބާ ލައިދީފި
ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށްގެންދިޔައީ ސިއްރުކޮށްގެން
އޭނާ ވީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، ގާޒީ ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައި

ގިނަ އަދަދެއްގެ ދިވެހިންގެ ބަޔަކާއެކު ބަދުއަޚުލާގީ އަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އަލަމްގީރް، 7 މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އުުފުލާފައިވަނީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ 18 އޮގަސްޓު 2022 ވަނަ ދުވަހުއެވެ.

ހޯމަ ދުވަހު ވަނީ މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ އަޑުއެހުމުގައި އޭނާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ވަނީ ދައުވާއަށް އިއުތިރާފުވެފައެވެ. ދައުވާއަށް އިއުތިރާފުވަނީ އެއްވެސް މަޖުބޫރުކަމެއް ނުވަތަ ނުފޫޒެއް ނެތިކަމަށް އޭނާ ވަނީ ޝަރީއަތުގައި ބުނެފައެވެ.

އޭނާ އިއުތިރާފުވެފައިވާތީ އޭނާގެ މައްޗަށް ހިންގާފައިވަނީ އަވަސްނިޔާގެ ޝަރީއަތެކެވެ.

Advertisement

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ އެއީ ސައްހަ އިއުތިރާފެއްކަމަށް ނިންމަވައި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވުމާގުޅިގެން ދެފަރާތުން ވަނީ އަދަބާ ގުޅޭގޮތުން ވާހަކަދައްކާފައެވެ.

ބުދަ ދުވަހަކީ މި މައްސަލައިގެ ހުކުމް ކުރެއްވުމަށް ބޭއްވި އަޑުއެހުމެކެވެ. މި އަޑުއެހުމުގައި ގާޒީ ވަނީ، 7 މަހާއި 6 ދުވަހަށް އޭނާ ޖަލަށްލާން ހުކުމްކުރައްވާފައެވެ. އަދި އޭނާއަށް ޝަރީއަތުން ވަނީ ތައުބާ ލައިދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް
31 އޯގަސްޓް 2022 | ބުދަ 17:20
އަހަންމާ
ކޮބާ ދެން ގިރިއަށް އެރި އެހެން މީހުން