ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 21:58
ސްކޮޓް ޕާކާ
ސްކޮޓް ޕާކާ
ގެޓީ އިމޭޖަސް
ޕްރިމިއަރ ލީގު
ލިވަޕޫލް އަތުން 9-0ން ބަލިވުމުން ބޯންމައުތުގެ ކޯޗު މަގާމުން ވަކިކޮށްފި
 
ޕާކާ ބޯންމައުތާއި ހަވާލުވީ 2021 ވަނަ އަހަރު

އިނގިރޭސި ޕްރިމިއަރ ލީގުގައި ލިވަޕޫލް އަތުން ބޮޑުބައްޔެއް ވުމާއެކު ބޯންމައުތުގެ ކޯޗު ސްކޮޓް ޕާކާ މަގާމުން ވަކިކޮށްފިއެވެ.

މުބާރާތުގައި ލިވާޕޫލްއާއި ބައްދަލުކުރި މެޗުން ބޯންމައުތު ބަލިވީ 9-0ންނެވެ. މިއީ ލީގުގައި ޖެހިޖެހިގެން ބޯންމައުތު ބަލިވި ތިންވަނަ މެޗެވެ. ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ބޯންމައުތަށް ކުރިހޯދުނީ އެންމެ މެޗެއްގައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެސްޓަން ވިލާގެ މައްޗަށް ބޯންމައުތު ވަނީ 2-0ން ކުރިހޯދާފައެވެ.

މަގާމުން ވަކިކުރުމުން، 41 އަހަރުގެ ޕާކާ ބުނީ އެއީ އޭނާއަށް ސަޕްރައިޒްއެއް ނޫންކަމަށެވެ. ޕާކާ މަގާމުން ވަކިކުރުމާއި ގުޅޭގޮތުން ކްލަބުގެ އޯނަރު މެކްސިމް ޑެމިން ބުނީ މިއީ ޓީމުގެ ކުރިއެރުމަށްޓަކައި މުހިންމު ބަދަލެއްގެ ގޮތުގައި ދެކޭކަމެއް ކަމަށެވެ.

ޕާކާ ވަނީ ބޯންމައުތުގެ އިތުރުން ފުލަމްއަށްވެސް ކޯޗުކޮށްދީފައެވެ. 2019ން ފެށިގެން ފުލަމްއަށް އިރުޝާދުދިން ޕާކާ ބޯންމައުތާއި ހަވާލުވީ 2021 ވަނަ އަހަރުއެވެ.

ޕާކާ މަގާމުން ވަކިކޮށް، ވަގުތީގޮތުން ޓީމު ހަވާލުކޮށްފައިވަނީ ގެރީ އޯނިއެލްއާއެވެ. އޭނާގެ އެސިސްޓެންޓުގެ ގޮތުގައި ހަރަކާތްތެރިވާނީ ޝޯން ކޫޕާ އާއި ޓޮމީ އެލްފިކްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް