ކ. މާލެ
|
30 އޯގަސްޓް 2022 | އަންގާރަ 08:37
ވޯލްޑްކަޕުގައި އިނގިރޭސި ކުޅުންތެރިން ތިބޭ އަލްވަކްރާ ހޮޓަލް
ވޯލްޑްކަޕުގައި އިނގިރޭސި ކުޅުންތެރިން ތިބޭ އަލްވަކްރާ ހޮޓަލް
އަލްވަކްރާ ހޮޓެލް
ވޯލްޑްކަޕް 2022
ވޯލްޑްކަޕުގައި އިނގިރޭސިން ތިބޭ ހޮޓަލުގެ ސްޓާފުންނަށް މުސާރަނުދޭ!
 
ވަކްރާ ހޮޓަލުގެ މަސައްކަތު މީހުންނަށް ގަޑިއަކަށް ލިބެނީ އެންމެ 8 ރުފިޔާ

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ގަތަރުގައި ބާއްވާއިރު އެ ގައުމުގެ ކަންކަމަށް އެންމެ ބޮޑަށް ފާޑުކިޔާ ބަޔަކީ އިނގިރޭސިންނެވެ. ބޭނުންހާ ގޮތަކަށް ގަތަރުގައި އުޅުމުގެ ހުއްދަނުލިބޭތީވެ، އިނގިރޭސިން ދަނީ ހުއްޓުމެއްނެތި އެކިކަންކަމަށް ފާޑުކިޔަމުންނެވެ. ނަމަވެސް މިފަހަރު ފެންމަތިވެފައިމިވަނީ ސީދާ އިނގިރޭސިންނާ ގުޅުންހުރި މައްސަލައެކެވެ.

ވޯލްޑްކަޕުގައި އިނގިރޭސިން ތިބޭނީ ގަތަރުގެ ވެރިރަށް ދޯހާގެ ސޯކް އަލްވަކްރާ ފައިވް ސްޓާ ހޮޓަލުގަ އެވެ. މިހާރު ފެންމަތިވެފައިވަނީ މި ހޮޓަލުގައި މަސައްކަތްކުރާ އެހެން ގައުމުތަކުގެ މުވައްޒަފުންނަށް މުސާރަ ދީފައިނުވާ ކަމެވެ. ކޯޗު ގެރެތް ސައުތުގޭޓާއި އިނގިރޭސިން ކުޅުންތެރިންނަށް ހިދުމަތްކުރަން ތިބޭނެ މުވައްޒަފުންގެ އިތުރުގަޑީގެ ފައިސާ ދީފައިނުވާކަމަށް ތުހުމަތުކުރެވޭއިރު ކުރިއެރުން ދިނުމުގައި ވަކިގައުމަކަށް ނިސްބަތްވީތީވެ ތަފާތުކުރުން ގެންގުޅޭކަމަށްވެ އެވެ.

މި ހޮޓަލަކީ ޓިވޯލީ ހޮޓެލްސް ގްރޫޕުން ހިންގާ ތަނެކެވެ. އަދި މިއީ ފީފާއިން ބަލަންޖެހޭ ކަންކަން ބަލައި އެޕްރޫވްކޮށްފައިވާ ތަނެއްވެސްމެ އެވެ. އެކަމަކު ވަގަށް ދީފައިވާ އިންޓަވިއުތަކުގައި މިތަނުގެ ކައްކާއަށް މަސައްކަތްކުރި އިންޑިޔާ މީހަކު ބުނީ ކޮވިޑް19 ފެށުމާއެކު ވަޒީފާއިން ވަކިކޮށް ފޮނުވާލީ ސާވިސް އެލަވަންސްވެސް ނުދީ ކަމަށެވެ. އަދި ބައެއް ސްޓާފުން ބުނީ ވަޒީފާއިން ވަކިކުރާނެ ކަމަށް ދީފައިވަނީ ވަރަށް ކުރު ނޯޓިހެއް ކަމަށެވެ. އޭނާ އަދި ބުނީ ގަތަރުގައި މަސައްކަތްކުރާ މީހުންގެ މައްސަލަތައް މީޑިޔާތަކުގައި ތިލަވުމުން ވަޒީފާއިން ވަކިކުރިއިރު ގައުމަށްދާން ޓިކެޓް ދީފައި ދެންހުރި ހުރިހާ ކަމަކަށްދިނީ އެންމެ 400 ގަތަރު ރިޔާލް (1687 ރުފިޔާ) ކަމަށެވެ.

ވަކްރާ ހޮޓަލުގެ ލޯންޑްރީގައި މަސައްކަތް ކުރާ ބަނގްލަދޭޝް މީހަކު ބުނީ އެމީހުންނަށް މުސާރަދެނީ ގަޑިއިރަކަށް ވަކި ވަރެއް ކަމަށެވެ. ނަމަވެސް ހޮޓާ ބިޒީވާ ގަޑިތަކުގައި 12 ގަޑިއިރު މަސައްކަތް ކުރަންޖެހޭ ކަމަށާއި ހޮޓަލުގެ ބިޒީކަން ފިލައިފިނަމަ މަސައްކަތްނެތި ހުސްކޮށް ތިބެންޖެހޭ ކަމަށެވެ. އަދި މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް އެމީހުން އެ ގަތަރަށް ގެންދިޔަ އެޖެންސީ އަށް ހޮޓަލުން ބޮލަކަށް 15 ގަތަރު ރިޔާލް (63 ރުފިޔާ) ދޭ ކަމަށާއި ނަމަވެސް އެޖެންސީން މަސައްކަތު މީހުންނަށް ދެނީ އެންމެ ދެ ރިޔާލް (8 ރުފިޔާ 40 ލާރި) ކަމަށެވެ.

ގަތަރުގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ލައްވައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރުވައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާ ކަމުގެ ޝަކުވާ ބޮޑެވެ. މިހެންވެ ވޯލްޑްކަޕް ބޮއިކޮޓް ކުރުމަށް ގޮވާލާ ފަރާތްތައް ވެސް ގިނަ އެވެ. މިފަދަކަންކަން ދިރާސާކުރާ ފަރާރްތަކުން ބުނަނީ ފީފާއިން އެޕްރޫމްކޮށްފައިވާ ގަތަރުގެ 17 ފައިވް ސްޓާ ހޮޓަލުގެ ތެރެއިން 12 ހޮޓަލެއްގައި ތަފާތުކުރުމާއި މުސާރަދިނުމުގައި މައްސަލަތައް އުޅޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
25%
0%
0%
50%
25%
0%
ކޮމެންޓް