ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 20:36
ރޮސް ބާކްލޭ
ރޮސް ބާކްލޭ
ރޮއިޓާސް
ސަމަރ ޓްރާންސްފަރ
ދެފަރާތުގެ އެއްބަސްވުމާއެކު ބާކްލޭ ޗެލްސީ ދޫކޮށްލައިފި
 
ބާކްލޭ ވަނީ ޗެލްސީގައި 100 މެޗު ކުޅެ، 12 ލަނޑު އެޓީމަށް ޖަހައިދީފައި

ޗެލްސީއަށް ކުޅެމުންއައި އިންގްލެންޑުގެ މިޑްފީލްޑަރު ރޮސް ބާކްލޭ އެޓީމު ދޫކޮށްލައިފިއެވެ.

ބާކްލޭ ޓީމު ދޫކޮށްލާފައިވާކަން ޗެލްސީން ވަނީ ކަށަވަރުކޮށްދީފައެވެ. މިކަމާގުޅިގެން ޗެލްސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ބާކްލޭ ކްލަބް ދޫކޮށްލީ ދެފަރާތުން އެކަމަށް އެއްބަސްވެގެންކަމަށެވެ.

އެވަޓަންގައި ހުރުމަށްފަހު ބާކްލޭ ޗެލްސީއަށް ބަދަލުވީ 2018 ވަނަ އަހަރުއެވެ. އުމުރުން 28 އަހަރުގެ މިޑްފީލްޑަރު ވަނީ ޗެލްސީގައި 100 މެޗު ކުޅެ، 12 ލަނޑު އެޓީމަށް ޖަހައިދީފައެވެ. މީގެ އިތުރުން އޭނާ ވަނީ އެފްއޭ ކަޕާއި ޔޫރަޕާ ލީގު އަދި ކްލަބް ވޯލްޑް ކަޕް ޗެލްސީއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. ނަމަވެސް އޭގެފަހުން ޓީމުގެ ފުރަތަމަ 11ން ޖާގަ ނުލިބި އޭނާ ވަނީ ލޯނު އުސޫލުން އެސްޓަން ވިލާއަށް ކުޅެފައެވެ.

ޗެލްސީގައި ބާކްލޭ އެންމެ ފަހުން ކުޅުނީ މިދިޔަ މެއި މަހުގައެވެ. ވަޓްފޯޑާ ބައްދަލުކުރި މި މެޗުގެ ފަހު ވަގުތުގައި އޭނާ ވަނީ ބޮލުން ލަނޑެއް ޖަހައި ޓީމު މޮޅުކޮށްދީފައެވެ.

ފާއިތުވި ދުވަސްތަކުގައި ބާކްލޭ ޗެލްސީއަށް ކޮށްދިން ޚިދުމަތަށްޓަކައި އެޓީމުން ވަނީ ޝުކުރު އަދާކޮށްފައެވެ. ޗެލްސީ ދޫކޮށްލުމުން މިހާރު އޭނާ ހުރީ ފްރީ އެޖެންޓެއްގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
33%
0%
33%
33%
0%
0%
ކޮމެންޓް