ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 14:54
ފުލުހުން ބުނީ، ތަހުގީގުގެ ތެރެއިން އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައެއް ނުވާ ކަމަށް
ފުލުހުން ބުނީ، ތަހުގީގުގެ ތެރެއިން އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައެއް ނުވާ ކަމަށް
ޕޮލިސް
ޔާޔާ ނަބީލްގެ މައްސަލަ
ޔާޔާ ނަބީލްގެ މައްސަލަ ފުލުހުން ދަނީ ބަލަމުން
 
ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެއް
 
ޓިކްޓޮކްއަކީ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުންކުރާ އެޕްލިކޭޝަނެއް

ޓިކްޓޮކްގައި އާންމު އަޙްލާޤީ މިންގަނޑުތަކާއި ޚިލާފަށް ވީޑިއޯތައް އާންމު ކުރަމުންދާ މުޙައްމަދު ނަބީލް (ޔާޔާ) ގެ މައްސަލަ ބަލަމުންދާކަމަށް ފުލުހުން ބުނެފިއެވެ.

ޔާޔާ ނަބީލުގެ ނަމުގައި ޓިކްޓޮކްގައި އަންހުންގެ ހެދުން އަޅަައިގެން ގ.ކަމަރާގޭ މުޙައްމަދު ނަބީލް ގެންދަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފު ގިނަ ވީޑިއޯތަކެއް ހިއްސާ ކުރަމުންނެވެ.

މީގެ ކުރިންވެސް އެފަދަ މައްސަލައެއްގައި އޭނާ ހައްޔަރުކުރިއެވެ. އެގޮތުން އެފަހަރު އޭނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު އޭނާ ހައްޔަރުކުރީ އަމިއްލައަށް ބަރަހަނާ މަންޒަރު ރެކޯޑްކޮށް އެމަންޒަރު އާންމު ކުރުމާއި ގުޅިގެންނެވެ.

ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެއްކަމަށް ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގައި ބުނެއެވެ. އެފަދަ ކުށެއް ކޮށްފި މީހަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެކަމަށ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އޭރު ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރުން ލަސްވަމުން ދާތީ ގިނަ ބައެއްގެ ފާޑުކިޔުންވެސް ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.

އެހެންނަމަވެސް، އޭރު އޭނާ ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ. އެގޮތުން ކްރިމިނަލް ކޯޓުން ނަބީލް ދޫކޮށްލާފައިވަނީ، ފަސްދޮޅަސް ދުވަސް ވަންދެން މީސްމީޑިޔާގައި އެއްވެސް އެއްޗެއް ޕޯސްޓު ނުކުރުމަށް ޝަރުތުކޮށެވެ. އޭނާ މުއްދަތުގެ މަޖިލީހުގައި ބުނެފައިވަނީ ޓިކްޓޮކްގައި ބަރަހަނާވެ އެފަދަ ވީޑިއޯއެއް އޭނާ ހަދާފައިވާ ނުވާ ކަމަށެވެ. އަދި ވީޑިއޯއިން ފެންނަނީ އެހެން މީހެއް ކަމަށް އޭނާ ބުނެފައި ވެއެވެ.

އޭރު އޭނާ ދޫކޮށްލާފައިވަނީވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެތީ އާއި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ މަހަކަށް ވުރެން ގިނަ ދުވަހު ބަންދުގައި ބެހެއްޓުމަށްފަހުއެވެ. އޭނާ ދޫކޮށްލީ އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތްކަމަށް ބަޔާންކޮށެވެ.

އެހެންނަމަވެސް މިހާރުވެސް އޭނާ ގެންދަނީ އެފަދަ އާންމު އަޚްލާޤީ މިންގަނޑުތަކާއި ޚިލާފު ވީޑިއޯތައް ހިއްސާ ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު ބަލަމުންދާ ކަމަށެވެ.

ފުލުހުން ބުނީ، ތަހުގީގުގެ ތެރެއިން އޭނާއާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައެއް ނުވާ ކަމަށެވެ. މިފަހަރު ބަލަމުންދަނީ އޭނާ އަންހެން ހެދުން އަޅައިގެން އިޖުތިމާއީ މިންގަނޑުތަކާއި ޚިލާފަށް އަމަލުކުރަމުންދާ މައްސަލައެވެ.

ޓިކްޓޮކްއަކީ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުންކުރާ އެޕްލިކޭޝަނެކެވެ. އެހެންނަމަވެސް، ޓިކްޓޮކް މެދުވެރިކޮށް އިޖުތިމާއީ މިންގަނޑާއި ޚިލާފު ކަންކަން ފަތުރާކަމުގެ ތުހުމަތުގައި މީގެ ކުރިން ބައެއް ޤައުމުތަކުގައި މި އެޕްލިކޭޝަން ބޭންކޮށްފައިވެސް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
67%
0%
33%
0%
0%
ކޮމެންޓް