ކ. މާލެ
|
29 އޯގަސްޓް 2022 | ހޯމަ 08:27
އަޔެކްސްގެ ކޯޗު އަލްފްރެޑް ޝްރޫޑާ
އަޔެކްސްގެ ކޯޗު އަލްފްރެޑް ޝްރޫޑާ
އެންޓޮނީ ޔުނައިޓެޑަށް ބަދަލުވުން
ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ފައިސާއަށް: ޝްރޫޑާ
 
ޝްރޫޑާ ބުނީ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ފައިސާ އަށް ކަމަށާއި، އޭނާ އަށް ވިސްނޭ ގޮތުގައި އެއީ ދެރަ ކަމެއް ކަމަށް

ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ފައިސާ އަށް ކަމަށް ބުނެ އަޔެކްސްގެ ކޯޗު އަލްފްރެޑް ޝްރޫޑާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޝްރޫޑާ މިހެން ބުނީ އަޔެކްސް އަށް ކުޅެމުން އައި ބްރެޒިލްގެ އެންޓޮނީ މަތިއުސް މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވާން ނިންމުމާ ގުޅިގެންނެވެ. އެންޓޮނީ އަކީ ކުރިން އަޔެކްސް އަށް ކޯޗުކަން ކޮށްދިން އަދި ޔުނައިޓެޑުގެ ކޯޗުކަމުގައި މިހާރު ހުރި އެރިކް ޓެން ހާގް ބޭނުންވާ ކުޅުންތެރިޔެކެވެ.

ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު މިހާރު ވަނީ 100 މިލިއަން ޔޫރޯ އަށް އެންޓޮނީ ހޯދުމުށް ޔުނައިޓެޑާ އަޔެކްސްއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައެވެ. އޭނާ ޔުނައިޓެޑަށް ބަދަލުވާނީ އެ ޓީމުގެ ތާރީޚުގައި ވެސް ދެ ވަނަ އަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. އެންމެ ބޮޑު އަގެއް ދީފައި ޔުނައިޓެޑުން ހޯދީ ޕައުލް ޕޮގްބާއެވެ. 2016 ވަނަ އަހަރު ޔުނައިޓެޑުން ޕޮގްބާ ހޯދީ 105 މިލިއަން ޑޮލަރަށެވެ.

އެކަމާ ގުޅިގެން އަޔެކްސްގެ ކޯޗު ޝްރޫޑާ ބުނީ ހުރިހާ ކަމެއް ބިނާވެފައި އޮންނަނީ ފައިސާ އަށް ކަމަށާއި، އޭނާ އަށް ވިސްނޭ ގޮތުގައި އެއީ ދެރަ ކަމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އެންޓޮނީ ޔުނައިޓެޑަށް ބަދަލުވާން އޭނާ ހުއްދަ ނުދޭ ކަމަށާއި، އެއީ އޭނާ ގަބޫލުކަމެއް ނޫން ކަމަށެވެ.

މިއީ ޓެން ހާގް ޔުނައިޓެޑާ ހަވާލުވިފަހުން އަޔެކްސް އިން ޔުނައިޓެޑަށް ގެންދާ ދެ ވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ޔުނައިޓެޑުން ވަނީ އަޔެކްސް އަށް ކުޅެމުން އައި ލިސަންދްރޯ މާޓީނޭޒް ވެސް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
25%
25%
50%
ކޮމެންޓް