Advertisement
ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 11:32
މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
މ.ވޭވަށު ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރާއްޖޭގެ ތަރައްޤީގެ މަސައްކަތްތައް
ކުރީ ސަރުކާރުތަކުގައި މެދު ރާއްޖެތެރެއަށް އަޅާ ނުލެވޭ، އޮތީ ބާކީކޮށްފައި: ރައީސް ޞާލިޙް
ސަރުކާރުން ވަކި ރަށެއް، ވަކި ވިސްނުމެއް ބާކީއެއް ނުކުރާނެ
މި ދައުރު ނިމޭއިރު، ލަފާފުރުމުގެ ދަތިކަން ހައްލުނުވާ އެއްވެސް ރަށެއް ނޯންނާނެ
ކުޑަ އާބާދީތައް އޮންނަ ރަށްރަށަށް ލަފާފުރުމުގެ ދަތިކަމަކީ އެންމެ ބޮޑު އެއް ގޮންޖެހުން: ރައީސް

ފާއިތުވި ސަރުކާރުތަކުގައި މެދު ރާއްޖެތެރޭގެ ރަށްތަކަކީ ވަރަށް ބޮޑަށް އަޅާނުލެވިފައި އޮތް ސަރަހައްދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advertisement

މ.ވޭވަށުގެ ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ކުރީ ސަރުކާރުތަކުން ގިނަ މަޝްރޫޢުތައް ހިންގަނީ އުތުރާއި ދެކުނުގެ ރަށްތަކުން ފެށިގެން ކަމަށެވެ. އަދި އެ މަޝްރޫޢުތައް ވަކި ހިސާބަކުން ހުއްޓޭ އިރު އެންމެ ބޮޑަށް އަޅާ ނުލެވި އޮންނަނީ މެދު ރާއްޖެ ތެރެއަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ބާކީ ނުކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މެދުރާއްޖެތެރޭގެ ރަށްތަކަށް އަޅުގަނޑު މިކުރާ ދަތުރުތަކުގައި އެކަން ފާހަގަވޭ. އެއީ މިދެންނެވިހެން ބަނދަރުވިޔަސް، ސިއްހީ ޚިދުމަތްވިޔަސް ސްކޫލްވިޔަސް އަދި އެހެން ޚިދުމަތެއް ވިޔަސް. އެހެންނަމަވެސް މި ސަރުކާރުން ވަކި އަތޮޅެއް ވަކި ރަށެއް ބާކީ އެއް ނުކުރާނެ. ވަކި ވިސްނުމެއް ވެސް ބާކީ އެއް ނުކުރާނެ
ރައީސް ޞާލިޙް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ދައުރު ނިމޭއިރު، ލަފާފުރުމުގެ ދަތިކަން ހައްލުނުވާ އެއްވެސް ރަށެއް ނޯންނާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ލަފާފުރުމުގެ ދަތިކަމަކީ ވޭވަށުގެ އިތުރުން ރާއްޖޭގެ އެހެން ހިސާބުތަކަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ. ޚާއްސަކޮށް ވޭވަށް ފަދަ އާބާދީ ކުޑަ ރަށްރަށުގައި ލަފާފުރުމުގެ ދަތިކަން ހައްލު ނުކުރެވި ގިނަ ދުވަސްތަކެއްވާކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް ސަރުކާރުގެ އަމާޒަކީ އެފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ އިރު ރަށުގެ އާބާދީ އާއި ކުޑަބޮޑުމިނަށް ބެލުމަށް ފަހު ތަފާތުކުރުމަކާއި ނުލާ، ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގެ މަލަމަތި އެމްޓީސީސީއިން އެދަނީ ބަދަލުކުރަމުން. މި ދައުރު ނިމޭ އިރުގައި އިރާދަކުރެއްވިއްޔާ އެމްޓީސީސީގެ އެ މަސައްކަތާއި އެކުގައި ރާއްޖޭގެ ލަފާފުރުމުގެ ދަތިކަން އޮތް އެއްވެސް ރަށެއް ނޯންނާނެ އޭ އަޅުގަނޑަށް ދަންނަވަން ކެރިދާނެ
ރައީސް ޞާލިޙް

މީގެ އިތުރުން ރައީސް ވަނީ ބަނދަރެއް ނެތުމުން ވޭވަށަށް ދިމާވެފައިވާ ދަތިކަމަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އެ ރަށަކީ މަސް ގަނެ ހިއްކައިގެން ބޭރަށް މަސް އެކްސްޕޯޓްކުރާ ރަށެއްކަމަށް ވާއިރު، ދޯނިފަހަރަށް ރަށަށް ވަދެނުކުމެވާނެ ފަސޭހަ ގޮތެއް ނެތުމަކީ އެ ރަށަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގައި ދުވާލަކަށް 25 ޓަނުގެ މަސް ކައްކާއިރު މިއީ ކުޑަ އާބާދީއަކާއި އަޅާ ބަލާ ނަމަ ބޮޑު އަދަދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެފަދަ މުހިންމު މަސައްކަތައް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ޒަމާނީ ބަނދަރެއްކަމަށާއި، މިހާރު ސަރުކާރުން ތަރައްޤީކުރި މިބަނދަރު އެއްވެސް ދަތިކަމެއް ނެތި ގިނަ އަހަރުތަކެއް ވަންދެން ބޭނުންކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް