ކ. މާލެ
|
28 އޯގަސްޓް 2022 | އާދީއްތަ 07:31
ދިބާލާއާއި އަބްރަހަމް ލަނޑަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ-ރޯމާ
ދިބާލާއާއި އަބްރަހަމް ލަނޑަށްފަހު އުފާ ފާޅުކުރަނީ: ފޮޓޯ-ރޯމާ
އިޓާލިއަން ސެރީ އޭ
ޔުވެންޓަސް އާއި ރޯމާ އެއްވަރު
ރޯމާ އޮތީ ހަތް ޕޮއިންޓާއެކު

އިޓާލިއަން ސެރީ އޭގައި ޔުވެންޓަސްއާއި ރޯމާ އެއްވަރުވެއްޖެއެވެ.

މޮރީނިއޯ އިރުޝާދު ދެމުން އަންނަ ރޯމާއިން ޔުވެންޓަސް އަތުން ޕޮއިންޓެއް ހޯދީ, ޔުވެންޓަސް ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނިކޮށެވެ. ފުޓުބޯޅަ މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައި ޔުވެންޓަސްއަށް ކުރި ހޯދައިދިނީ ވުލަހޮވިޗްއެވެ. އޭގެ ފަހުން 25 ވަނަ މިނެޓުގައި ލޮކަޓެލީ ޖެހި ލަނޑެއް ބަލައިނުގަންނަން ނިންމީ ވީއޭއާރުން ބެލުމަށްފަހުއެވެ. އެއީ ވުލަހޮވިޗް އަތުގައި ބޯޅަ ޖެހުމުންނެވެ. ރޯމާއިން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައި ޓަމީ އަބްރަހަމް ޖެހި ލަނޑުންނެވެ. އިނގިރޭސި ފޯވަޑް ނަތީޖާ ހަމަހަމަކުރީ މިސީޒަންގައި ޓީމާ ގުޅުނު ދިބާލާ ނަގައިދިން ހުރަސް ބޮލުން ގޯލްގެތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އަބްރަހަމްގެ މިސީޒަންގެ ފުރަތަމަ ގޯލެވެ.

ރޯމާ އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކު ހަތަރު ވަނާގައެވެ. ޔުވެންޓަސް އޮތީ ފަސް ޕޮއިންޓާއެކު ހަތް ވަނާގައެވެ. އެއްވަނާގައި އޭސީ މިލާން އޮތީވެސް ހަތް ޕޮއިންޓާއެކުއެވެ.

- ކޮމެންޓް