Advertisement
ކ. މާލެ
|
27 އޯގަސްޓް 2022 | ހޮނިހިރު 22:25
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތުގެތެރެއިން
ރައީސް އޮފީސް
ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުން
ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމާލައިފި
ދިއްގަރު ކައުންސިލުން ވަނީ ރައީސް ސޯލިހަށް ހަނދާނީ މޮޑެލްއެއް އަރުވާފައި

ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވަނީ ދިއްގަރު ކައުންސިލްގެ ރައީސް އަހްމަދު ނިޝާނަށް 3ޑީ މޮޑެލްއެއް ހަވާލުކުރައްވާއެވެ. މީގެއިތުރުން ދިއްގަރު ކައުންސިލުން ވަނީ ރައީސް ސޯލިހަށް ހަނދާނީ މޮޑެލްއެއް ވެދުމަށްއަރުވާފައެވެ.

ރަށްގިރުމުގެ މައްސަލަ ދިމާވެ، ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ.

Advertisement

ޒަމާނުއްސުރެ ދިއްގަރަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަށް، ރަށުގެ ގިރަމުންދާ ސަރަހައްދުގައި 300 ފޫޓަށްވުރެ ބޮޑު ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މ. ދިއްގަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ އަގަކީ 121 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫއުގެ ތެރޭގައި ހިމަނައިގެން، 25 ހެކްޓަރުގެ ބިން ހިއްކައި، ރަށުގައި ގިރަމުންދާ ސަރަހައްދު ހިމާޔަތްކޮށް ނިމުމާއެކު، ދިއްގަރަށް ކުރިމަތިވެފައިވާ ދުވަސްވީ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިއްގަރުގެ ބިމުން ގާތްގަނޑަކަށް 150 ފޫޓުގެ ސަރަހައްދެއް ގިރައިގެން ގޮސްފައިވާކަމަށް ކައުންސިލުން ބުނެއެވެ. އިތުރުވަމުން އަންނަ އާބާދީއާއި ރަށުގެ ތަރައްގީއަށް ދިއްގަރަށްވަނީ ބިމުގެ ބޭނުން ޖެހިފައެވެ. ގިރާ ސަރަހައްދު ހިމާޔަތްކުރުމާއެކު، އެރަށަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް